ގދ. ނަޑެއްލާ

ނަޑެއްލާގައި އެކްސިޑެންޓެއްވެ އަނިޔާވި ދެ މީހަކަށް ފަރުވާ ދިނުމަށް މާލެ ގެނެސްފި

ގދ. ނަޑެއްލާ
0%
0%
0%

ގދ. ނަޑެއްލާގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ މީހަކަށް ފަރުވާ ދިނުމަށް މާލެ ގެނެސްފި އެވެ.

މި އެކްސިޑެންޓް ހިނގީ އުޅަނދަކަށް ލަކުނޑިތަކެއް އަރުވަމުން ދަނިކޮށް ބާރު ސްޕީޑުގައި ދުއްވާފައި އައި ސައިކަލެއް ކޮންޓްރޯލުން ނުވެ ލަކުނޑި އަރުވަމުން ދިޔަ އުޅަނދުގައި ޖެހި އއެ އުޅަނދުގައި އޮތް ލަކުނޑިގަނޑެއް ވިއްސައިގެން ގޮސް ލަކުނޑި އަރުވަން ހުރި މީހެއްގެ ބޮލުގައި ޖެހިގެންނެވެ.

މިހާދިސާގައި އަނިޔާވީ ލަކުނޑި އަރުވަން ހުރި މީހަކަށާއި ދުއްވާފައި އައި ސައިކަލްގައި ތިބި ދެ މީހުންގެ ތެރެއަށް އެކަކަށެވެ.

ލަކުނޑި އަރުވަން ހުރި މީހާގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

އަނިޔާވި ދެ މީހުންނަށް އިތުރު ފަރުވާ ދިނުމަށް މިއަދު މާލެ ގެނެސް ފަރުވާ ދެނީ އައިޖީއެމްއެޗްގެ އައިސީޔޫ ގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345