އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީ ކައުންސިލްގެ ހިދުމަތްތައް ޑިޖިޓަލައިޒްކުރަނީ

Apr 10, 2023

އައްޑޫ ސިޓީ ކައުންސިލުން ދޭ ހިދުމަތްތައް ޑިޖިޓަލައިޒް ކުރަން ނިންމާ ކަމާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މިމަސައްކަތް ހަވާލުކޮށްފައިވަނީ ޓްރޭޑްނެޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑަށެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި މިކަމާ ގުޅޭ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ މޭޔަރު އަލީ ނިޒާރު އެވެ. ޓްރޭޑްނެޓްގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާއީލް ޝުޖާއު އެވެ.

އައްޑޫސިޓީ ކައުންސިލުން ބުނީ މިއެއްބަސްވުމުގެ ދަށުން، ޓްރޭޑް ނެޓް މޯލްޑިވްސް ކޯޕަރޭޝަނާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓާ ދެމެދު ވެފައިވާ "ވަން ސްޓޮޕް ޝޮޕް ސާވިސް" ޕްރޮޖެކްޓްގެ ތެރެއިން ޕަބްލިކް ސާވިސަ ހަރުދަނާކޮށް، ޒަމާނީކޮށް، އެފިޝަންސީ ހާސިލުކުރުމަށްޓަކައި ޓްރޭޑް ނެޓުން ފޯރުކޮށްދިނުމަށް ހަމަޖެހިފައި ހިދުމަތްތައް ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލުން މީގެކުރިން ވަނީ ޓްރޭޑްނެޓްގެ އޮފީހެއް އައްޑޫގައި ހިންގުމަށްޓަކައި މަރަދޫފޭދޫގައި ދިރާގު އޮފީސް ކުރިން ހިންގި އިމާރާތް ޓްރޭޑް ނެޓަށް ދީފަ އެވެ.