ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ކަސްޓަމަރުންނަށް ޗެންޕިއަންސް ލީގު ފައިނަލް ބަލާލުމުގެ ފުރުސަތު

Apr 12, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓަކާޑު ކަސްޓަމަރުންނަށް މިއަދު އާ ޕްރޮމޯޝަނެއް ހުޅުވާލައިފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ތުރުކީގެ އިސްތަންބޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔޫއެފާ ޗެންޕިއަންސް ލީގުގެ ފައިނަލް މެޗް ބަލާލަން ދިއުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

ނަސީބުވެރިފަރާތާ އެކު އޭނާ ގެންދަން ބޭނުންވާ އިތުރު މީހެއްގެ ހުރިހާ ހަރަދެއް ބީއެމްއެލް އިން ހަމަޖައްސައިދޭނެ އެވެ.

މި ޕްރޮމޯޝަންގައި މާސްޓަކާޑު މެދުވެރިކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ހިމެނޭނެ އެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ކުރިއަށް އޮތް މެއި ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

މާސްޓަކާޑަކީ ޔޫއެފާ ޗެންޕިއަންސް ލީގުގެ އޮފިޝަލް ސްޕޮންސަރެކެވެ. ބީއެމްއެލް އަކީ ރާއްޖޭގައި މާސްޓަކާޑުގެ ޕްރިންސިޕަލް މެންބަރެކެވެ.

ބީއެމްއެލް އިން އަންނަނީ ރާއްޖޭގައި މާސްޓަކާޑު ޑެބިޓް، ކްރެޑިޓް އަދި ޕްރީޕެއިޑް ކާޑު ދޫކުރަމުންނެވެ.