އޮބިޗުއަރީ

ރީކޯ މޫސަގެ މަންމަ އަވަހާރަވެއްޖެ

Apr 12, 2023

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް މޫސާ މަނިކުގެ މަންމަ އަވަހާރަވެއްޖެ އެވެ.

މޫސަގެ މަންމަ -- ހ. ކުޑަހެންވޭރުގޭ އައިމިނަތު މަނިކެ (ކަތުގޭ އާމިނާ މަނިކެ) އަވަހާރަވީ އުމުރުފުޅުން 82 އަހަރުގަ އެވެ.

އައިމިނާ މަނިކެ ނިޔާވީ އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުންދަނިކޮށް މިއަދު މެންދުރުފަހު 3:00 ހާއިރު އެވެ.

އައިމިނާއަށް ހަ ބޭފުޅުން ލިބިވަޑައިގެންނެވި ނަމަވެސް އައިމިނާ މަނިކެ އަވަހާރަވީއިރު ދުނިޔޭގައި ތިއްބެވީ ހަތަރު ބޭފުޅުންނެވެ.

އައިމިނާ މަނިކެގެ ކަށުނަމާދާއި ޖަނާޒާ އޮތީ މިރޭ މެންދަމު 12:00ގައި އާސަހަރާ މިސްކިތުގަ އެވެ.