އެންޑީއޭ

އެންޑީއޭ އިން ހުޅުމާލޭގެ ބޮޑު ބިމެއް ގަނެފި

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދިނުމަށް އިމާރާތެއް އެޅުމަށް ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ބިމެއް ގަނެފި އެވެ.

އެންޑީއޭ އިން 10،000 އަކަފޫޓުގެ ބިމެއް ގަނެފައިވަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހިންނެވެ.

ހުޅުމާލެ އިން ގަނެފައިވާ ބިމުގައި އެންމެ ޒަމާނީ ފެންވަރު ވެލްނެސް ސެންޓަރެއް އިމާރާތް ކުރުމަށްޓަކައި ކޮންސެޕްޓް ވެސް މިހާރު ވަނީ ފައިނަލްކޮށްފަ އެވެ.

އެންޑީއޭގެ އޮފިޝަލަކު މިއަދު ވިދާޅުވީ މި އިމާރާތުގެ އަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމުގެ ޔަގީންކަން ބޮޑު ކަމަށެވެ.

"މިތަނުގައި އަޅުގަނޑުމެން ބޮޑަށް އިސްކަންދޭނީ މަސްތުގެ ޕްރިވެންޝަން އަށް. އޭރުން ހާލަތު ގޯސް ނުވަނީސް ރަނގަޅު ފަރުވާއާ ދިމާއަށް ގެންދެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހުން އެކަމުން ސަލާމަތްކުރުމަށްޓަކައި ތަފާތު ވަސީލަތްތައް ގާއިމުކުރެވިފައިވާ 11 މަރުކަޒެއް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހުޅުވާފައިވެ އެވެ.