އެޗްޕީއޭ

ރާއްޖެއިން މެލޭރިއާގެ ކޭސްއެއް، ނުރައްކަލެއް ނެތް

ރާއްޖެއިން ނައްތާލާފައިވާ މެލޭރިއާއަށް މީހަކު ޕޮޒިޓިވްވެއްޖެ އެވެ.

މެލޭރިއާއަށް ޕޮޒިޓިވްވެފައިވަނީ މިއަހަރުގެ ޖެނުއަރީން ފެށިގެން ރާއްޖޭގައި އުޅޭ އިންޑިއާ މީހެކެވެ.

އޭނާ މެލޭރިއާއަށް ޕޮޒިޓިވްވިކަން އެނގުނީ މިދިޔަ ހަފުތާގައި ޑޮކްޓަރަށް ދެއްކުމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ -- އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ މެލޭރިއާގެ ކޭސްއެއް ފެނުނު ނަމަވެސް ނުރައްކަލެއް ނެތް ކަމަށެވެ.

މެލޭރިއާއަކީ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބައްޔެކެވެ. މި ބަލި ރާއްޖެއިން ނައްތާލީ 2015 ވަނަ އަހަރު އެވެ.

ރާއްޖެއަކީ މެލޭރިއާ ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯ އިން ވަނީ ކަނޑައަޅާފަ އެވެ.