ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އެމެކްސް ޕްރޮމޯޝަންގެ މުއްދަތު މިމަހުގެ ނިޔަލަށް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދޫކޮށްފައިވާ އެމެރިކަން އެކްސްޕްރެސް ކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިޔަށްގެންދާ ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ބޭންކުން ބުނެފި އެވެ.

މި ޕްރޮމޯޝަންގެ ދަށުން ބީއެމްއެލް އެމެކްސް ޑެބިޓް އަދި ކްރެޑިޓް ކާޑުން ކަސްޓަމަރުން ކުރާ މުއާމަލާތްތަކަށް އަނބުރާ ފައިސާ ލިބުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެމެރިކަން އެކްސްޕްރެސް ކާޑުތަކުން ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތެއް މި ޕްރޮމޯޝަނުގެ ގުރުއަތުގައި ބައިވެރިކުރެވޭނެ އެވެ.

މިގޮތުން ކޮންމެ ހަފުތާއަކު ގުރުއަތުން ހޮވޭ 10 ކަސްޓަމަރުންނަށް އެ ކަސްޓަމަރުން ކުރި މުއާމަލާތުގެ އަދަދު އަނބުރާ ލިބޭނެ އެވެ.

ބީއެމްއެލްއަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާޢި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ. އެ ބޭންކްގައި 325،000 އަށްވުރެ ގިނަ ކަސްޓަމަރުންނާއި 7،900 އަށްވުރެ ގިނަ މާޗެންޓުންނާއެކު އެވެ.

މީގެ އިތުރުން ބީއެމްއެލްއަކީ ރާއްޖޭގައި އެމެރިކަން އެކްސްޕްރެސް ކާޑު ދޫކޮށް އެމެކްސް ކާޑުތަކުން ޕޭމަންޓް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

މި ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް ލިބޭނެ އެވެ.