ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ފުރަމޭގެ ފަރުވާއަށް ދޭ ބޭހަކަށް ސަމާލުވާން އަންގައިފި

ފުރަމޭގެ ފަރުވާއަށް ބޭނުންކުރާ ބޭހެއްގެ ނަކަލެއް އުފައްދައިގެން ބޭނުންކުރާތީ ސަމާލުވުމަށް ލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އެދިއްޖެ އެެވެ.

ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)އާއި ކިރިގިސްތާނުން ފެނިފައިވަނީ Defitelio (Defibrotide Sodium) ނަމަކަށް ބޭހުގެ ނަކަލެކެވެ.

އެމްއެފްޑީއޭ އިން ބުނީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ތެރޭގައި މި ބޭސް ނުހިމެނޭ ކަމަށެވެ. ނަމަވެސް ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރާ ފަރާތްތަކުންނާއި ނުވަތަ އަމިއްލަ ގޮތުން ބޭސް ސިޓީއަށް ބޭސް އެތެރެކޮށް ބޭނުންކުރާނަމަ މި ބޭހަށް ސަމާލުވުމަށް ވެސް އެދިފައިވެ އެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސް ސިޓީއަށް ރާއްޖެއަށް އެތެރެކުރާ ބޭސް ހާއްސަ ސަމާލުކަމެއް ދީގެން ޕޯޓްތަކުގައި ބަލައި ފާސްކުރަމުން ދާނެ ކަމަށްވެސް އެމްއެފްޑީއޭ އިން ބުނެފައިވެ އެވެ.

ޕާކިސްތާނުގެ ކަރާޗީގައި އުފައްދާ ލޭ މައްޗަށް ދިޔުމަށް ދޭ ބޭހެއް ކަމަށްވާ ޓެލްސާޓާ 40ގެ ބެޗެއްގައި މުށި ކުލައިގެ ލައްތަކެއް ހުރުމުން އެކަމަށް ސަމާލުވުމަށްވެސް އެމްއެފްޑީއޭ އިން އެދިފައިވެ އެވެ.