ޖިންސީ ގޯނާ

ކުޑަކުއްޖަކާ ބެހުނު ބިދޭސީއަކު ހައްޔަރުކޮށްފި

Feb 2, 2016

ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތަހުމަތުގައި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތުހުމަތު ކުރެވުނު މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަނގުލަދޭޝްގެ ފިރިހެނެއް ކަމަށާއި އުމުރުން 28 އަހަރުގެ އެމީހާ ހައްޔަރު ކުރީ ފުވައްމުލަކުން ކަމަށެވެ.

އެ މީހާ ހައްޔަރުކޮށްފައިވަނީ ފުލުހުންނަށް މިއަދު ހެނދުނު ހުށަހެޅި މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު މެންދުރު ފަހު އެވެ. ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.