އުމުރުން އަށް އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ފުވައްމުލަކާއި އައްޑޫ ހިމެނޭ ސަރަހައްދުގެ ރަށަކުން އެ މައްސަލަ ރިޕޯޓް ކޮށްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
އަދި އެ މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރު ކޮށްފައެއް ނުވެ އެވެ. ނަމަވެސް ފުލުހުން ދަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ.