ބޮލީވުޑް

"ޖަވާން"ގައި ދީޕިކާ އާއި ޝާހްރުކްގެ އައިޓަމް ލަވައެއް

ޝާހް ރުކް ޚާނާއި ދީޕިކާ ޕަދުކޯން އަކީ ވަރަށް ގުޅޭ އަދި އެހާމެ މަގްބޫލު ޖޯޑެކެވެ. މި ދެ ތަރިން އެކުގައި ކުޅެފައިވާ "ޕަޓާން"ގައި އެމީހުން ދައްކާފައިވާ ކެމިސްޓްރީން ވެސް މިކަން ރަނގަޅަށް ސާބިތުވެ އެވެ.

ޝާހް ރުކް އާއި ދީޕިކާ އެކުގައި މިހާތަނަށް ކުޅެފައިވާ ހުރިހާ ފިލްމަކާއި ހުރިހާ ލަވައެއް ވެސް ވަނީ ވަރަށް ބޮޑު ކާމިޔާބެއް ހާސިލުކޮށްފަ އެވެ.

މިހާރު އަނެއްކާވެސް މި ދެ ތަރިން އެކުގައި ގެންދަނީ ލަވައެއްގެ މަސައްކަތް ކުރަމުންނެވެ. އެއީ ޝާހް ރުކްގެ އާ ފިލްމު "ޖަވާން"ގެ އައިޓަމް ލަވަ އެކެވެ.

މި ލަވައިގެ ޝޫޓިން މިހާރު ކުރިއަށްދާއިރު ދީޕިކާ އާއި ޝާހް ރުކް އެކުގައި ލަވަ ޝޫޓް ކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ލީކު ވެފައި ވެއެވެ.

މި މަންޒަރުތަކުން ފެންނަނީ ޝާހް ރުކް ވެސް ދީޕިކާ ވެސް ވަރަށް ގުޅޭ ހުދު ހެދުމެއް އަޅައިގެން ވަރަށް ރީތި ލަވައަކަށް ނަށާ ތަނެވެ.

ދީޕިކާ ބޮލީވުޑަށް ނުކުތީ ވެސް ޝާހްއާ އެކުގަ އެވެ. އެއީ ފަރާ ޚާން ޑައިރެކްޓްކުރި "އޯމް ޝާންތީ އޯމް" އިންނެވެ. އޭގެ ފަހުން "ޗެންނައި އެކްސްޕްރެސް"ފަދަ ކާމިޔާބު ފިލްމުތައް ކުޅެފައިވ ވެއެވެ.