ސައުދީ އަރަބިއާއަށް އްވާލް މަހުގެ ހަނދު ފެނިފައިވާ ކަމަށް އިއުލާންކޮށްފި އެވެ.
ސައުދި އަރަބިއްޔާގެ ހަނދު ސާބިތުކުރާ ކޮމިޓީން ކުރި އިއުލާންގައި ބުނެފައިވަނީ އެ ގައުމުގެ ތުމައިރު އަދި ސުދައިރު ސިޓީއަށް ހަނދު ފެނިފައިވާ ކަމަށެވެ.
ސައުދީގެ ހަނދު ކޮމިޓީގެ މި ނިންމުން ރަސްމީ ނިންމުމަކަށް ވާނީ އެ ގައުމުގެ އެންމެ މަތީ މަޖިލީހުން އެކަން ރަސްމީކޮށް އިއުލާންކުރުމުންނެވެ.
ސައުދީ އަށް މާދަމާ ހަނދު ފެނުނު ނަމަވެސް އިސްލާމީ ބައެއް ގައުމުތަކުން ނިންމާފައިވަނީ ފިތުރު އީދު ދުވަހަކީ އަންނަ ހޮނިހިރު ދުވަސް ކަމަށެވެ.