ބޭރު ކުޅިވަރު

ގާޑިއޯލާ އަށް އަހަރަކު 21 މިލިއަން ޕައުންޑް

މެންޗެސްޓާ ސިޓީގެ ކޯޗުކަމާ އަންނަ ސީޒަނުގައި ހަވާލުވުމާއެކު މުސާރައިގެ ގޮތުގައި އަހަރަކު ޕެޕް ގާޑިއޯލާ އަށް 21 މިލިއަން ޕައުންޑް ދޭން ނިންމައިފި އެވެ.

ގަތަރުގެ މުއްސަދި މަޖުހަނުން ހިންގާ ކުލަބުން މިހާބޮޑު މުސާރައެއް ދޭން ނިންމިއިރު ގާޑިއޯލާ އަކީ ދުނިޔޭގައި މިހާރު ހުރި އެންމެ ކާމިޔުބު އެއް ކޯޗެވެ.

އޭނާގެ ކޯޗުކަމުގައި ބާސެލޯނާއިން ހަތަރު އަހަރު ތެރޭގައި 14 ތަށި ހޯދި އެވެ. މީގެ ތެރޭގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ދެ ފަހަރު ހޯދުމާއި ކުލަބު ވޯލްޑް ކަޕް ދެ ފަހަރު އަދި ސްޕެނިޝް ކަޕް ތިން ފަހަރު ހޯދުން ހިމެނެ އެވެ.

އޭގެ ފަހުން ޖަރުމަނުގެ ބަޔާން މިއުނިކާ ހަވާލުވެ އޭނާ ވަނީ ޖަރުމަނު ލީގު ޖެހިޖެހިގެން މިދިޔަ ދެ އަހަރު ހޯދައި އޭގެ ކުރީ އަހަރު ކުލަބު ވޯލްޑް ކަޕާއި ޖަރުމަނު ކަޕް ވެސް ކާމިޔާބުކޮށްފަ އެވެ.

ބާސެލޯނާގެ ކުރީގެ ކެޕްޓަން މެންޗެސްޓާ ސިޓީގެ ކޯޗުކަމާ ހަވާލުވާން ނިންމީ އޭނާގެ ހޯދަން މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ވެސް މަސައްކަތް ކުރަމުން ދަނިކޮށެވެ.