ރާއްޖެ ކުޅިވަރު

ޕާކިސްތާނު ކުލަބަކުން ސައްދާމް ހުސައިން ގަނެފި

އޭއެފްސީ ކަޕް ޕްލޭއޯފް ކުޅެން ތައްޔާރުވާ ޕާކިސްތާނުގެ ކޭ އިލެކްޓްރިކް ފުޓްބޯޅަ ކުލަބުން ސައްދާން ހުސައިން ލައްވައި ސޮއިކުރުވައިފި އެވެ.

އަވަހާރަކޮށްލާފައިވާ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ނަން ދީފައިވާ މި ކުޅުންތެރިޔާ އަކީ ޕާކިސްތާނުގެ ގައުމީ ޓީމަށް 19 މެޗު ކުޅެދީފައިވާ މިޑްފީލްޑަރެކެވެ. އުމުރުން 22 އަހަރުގެ ކުޅުންތެރިޔާ މިދިޔަ ދެ އަހަރު ކުޅުނީ ކިރިގިސްތާނުގެ ބިޝްކެކް އެފްސީ އަށެވެ.

އޭނާ އަކީ ޕާކިސްތާނުގެ ކުޅުންތެރިންގެ ތެރެއިން މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ ވެސްމެ އެވެ.

އޭއެފްސީ ޕްރެޒިޑެންޓްސް ކަޕުގައި ވެސް ކުޅެފައިވާ އިލެކްޓްރިކް ކުލަބުން ޕްލޭއޯފްގައި ކުޅެން ޖެހޭނީ ބަހުރޭނުގެ އަލް ހިދް ކުލަބާއެކުގަ އެވެ. މި މެޗު އޮންނާނީ އަންނަ ހަފުތާގެ އަންގާރަ ދުވަހު އެވެ.