މޯލްޑިވްސް ޕޮލިސް ސާވިސް

11 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ދެ މީހުން ހައްޔަރުކޮށްފި

ފުވައްމުލަކުގައި ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފައިވެ އެވެ.

މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ 63 އަހަރުގެ ފިރިހެނަކާއި 25 އަހަރުގެ ފިރިހެނެކެވެ.

ފުލުހުން ބުނީ އުމުރުން 11 އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ރޭ 11:02 ހާއިރު ފުވައްމުލަކު ހިމެނޭ ސައުތު ޕޮލިސް ޑިވިޒަނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ބުނުން ފިޔަވާ އިތުރު މައުލޫމާތެއް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

އަވަސްއަށް އެނގިފައިވާ ގޮތުގައި ކުޑަކުއްޖާއަށް ޖިންސީ ގޯނާކުރީ ގެސްޓްހައުސް އަކަށް ގެންދިއުމަށްފަހު އެވެ.