ވިޔަފާރި

އިންޑިޔާގެ ފުރަތަމަ ފެނު އަޑީގެ ރެސްޓޯރެންޓް ހުޅުވައިފި

Feb 3, 2016
1
  • ރެސްޓޯރެންޓު ހަދާފައިވަނީ ޓޭންކެއްގެ ތެރޭގައި
  • ޓޭންކަށް ދެ ލައްކަ ލިޓަރުގެ ފެން އަޅާފައިވޭ
  • މިތަނުގައި 40،000 މަސް ދިރިއުޅޭ

އިންޑިޔާގެ ފުރަތަމަ ފެނު އަޑީގެ ރެސްޓޯރެންޓް އަހްމަދުއާބާދުގެ، ގުޖަރާތުގައި ހުޅުވައިފި އެވެ.

އިންޑިޔާގެ ނޫސްތަކުގައިވާ ގޮތުން މޫދުގެ 20 މީޓަރު އަޑީގައި ހަދާފައިވާ މި ރެސްޓޯރެންޓް ވެގެން ގޮސްފައިވަނީ އިންޑިޔާގައި ހުޅުވި މިފަދަ ފުރަތަމަ ރެސްޓޯރެންޓަށް ކަމަށެވެ.

ރެސްޓޯރެންޓުގެ އޯނަރު ބަރަތް ބަޓް ވިދާޅުވީ ރެސްޓޯރެންޓް ހެދުމުގެ މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މިތަން ހަދަމުން ދިޔައިރު އިންޑިޔާގައި މިފަދަ ރެސްޓޯރެންޓެއް ނުހުންނަކަން ނޭނގޭ ކަމަށެވެ.

"މީގެ ހަތަރު އަހަރު ކުރިން އައި ހިޔާލެއް މިއީ. އަހަރެންނާއި ދަރިފުޅު މިކަމާމެދު ވިސްނައި ގިނަ ކުރެހުންތަކެއް ކުރެހިން. އެއަށްފަހު ފައިނަލް ކުރެހުމެއް ހަދައި މި ރެސްޓޯރެންޓް ހުޅުވީ،" ބަރަތް ވިދާޅުވި އެވެ.

ފެން ޓޭންކެއްގެ އަޑީގައި ހަދާފައިވާ ރެސްޓޯރެންޓުގައި ތިބޭއިރު މަސްތަކުގެ ދިރިއުޅުން ފެނިގެންދެ އެވެ. ގާތްގަނޑަކަށް 33 މީހުންނަށް ކެއުމަށް އިންސާފުކު ރެވޭ ގޮތަށް ހަދާފައިވާ މިތަން ފެނުގެ އަޑީގައި ހެދުމަށް ދެ ލައްކަ ލީޓަނުގެ ފެން ބޭނުންކޮށްފައިވެ އެވެ. އަދި އެކި ކުލަ ކުލައިގެ 40،000 މަސް އެތަނުގައި އުޅެ އެވެ.

މޫދު އަޑީގެ ރެސްޓޯރެންޓްތަކަކީ ދުނިޔޭގައި މަޝްހޫރު ތަންތަނެވެ. ރާއްޖެއަކީ މޫދު އަޑީގެ ރެސްޓޯރެންޓު ހުރި އެންމެ މަޝްހޫރު އެއް ގައުމެވެ. ރާއްޖޭގައި ދެ ރެސްޓޯރެންޓެއް ހުރިއިރު، އިތުރު ތަނެއް ދަނީ ހަދަމުންނެވެ. ރާއްޖޭގައި ހުޅުވާފައިވާ އިތާ އަންޑަވޯޓާ ރެސްޓޯރެންޓަކީ ދުނިޔޭގައި ހުޅުވި މިފަދަ ފުރަތަމަ ރެސްޓޯރެންޓެވެ.