މިނިސްޓްރީ އޮފް އެޑިއުކޭޝަން

އޯލެވަލް އިމްތިހާން ފަށައިފި

އޯލެވަލް އާއި އައިޖީއެސްއީ އަދި އެސްއެސްސީ އިމްތިހާން މިއަދު ފަށައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި މި އިމްތިހާންތައް ކުރިއަށްދާނީ މިއަދުން ފެށިގެން މިއަހަރުގެ ޖޫން އަށްވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަހަރުގެ އިމްތިހާން މިއަދު ފަށާނީ އިސްލާމީ ތަރުބިއްޔަތުގެ ކަރުދާސް އެކަކުންނެވެ.

އެސްއެސްސީ އިމްތިހާނުގައި މިއަހަރު 6،107 ދަރިވަރުން ބައިވެރިވެ އެވެ. މިއީ ކުރީ އަހަރާ ބަލާއިރު 444 ދަރިވަރުންގެ އިތުރުވުމެކެވެ.

އައިޖީއެސްއީ އިމްތިހާނުގައި މިއަހަރު 6،698 ދަރިވަރުން ބައިވެރިވެ އެވެ. މިއީ ކުރީ އަހަރާ ބަލާއިރު 759 ދަރިވަރުންގެ އިތުރުވުމެކެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުންގެ ނަތީޖާ ރަނގަޅު ކުރުމަށް ސްކޫލުތަކުން މިއަހަރުވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.