އުމްރާ ދަތުރު

އުމްރާއަށް ގޮސް ހުރި ދިވެއްސަކު މަރުވެއްޖެ

އަލް ބުރޫޖު ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ދިޔަ ބައެއް މީހުން
0%
0%
0%

އަލް ބުރޫޖު ޖަމާއަތުގެ ހަވާލުގައި އުމްރާއަށް ގޮސް ހުރި މީހަކު މަރުވެއްޖެ އެވެ.

ރޭގެ ވަގުތެއްގައި މަރުވެފައިވަނީ ގއ. ކޮލަމާފުށި، ގަސްދޮށުގެ، އުމުރުން 83 އަހަރުގެ މުހައްމަދު ޒަކީ އެވެ.

އަލް ބުރޫޖު ޖަމާއަތުން ބުނި ގޮތުގައި ޒަކީ މަރުވީ އުމްރާއެއް ކުރި ފަހުން މައްކާގެ ހޮޓަލަށް ދިޔަތާ ކުޑައިރުކޮޅެއް ފަހުންނެވެ.

ޒަކީ މަރުވިއިރު އޭނާއާ އެކު އާއިލީ ބައެއް ބޭފުޅުން ތިބީވެސް މައްކާގަ އެވެ. އެގޮތުން ޒަކީގެ އަންހެނުންނާއި ދެ ފިރިހެން ދަރިންނާއި އަންހެން ދަރިއަކާއި ދެ ދަނބިދަރިން މައްކާގައި ތިބި ކަމަށް ޖަމާއަތުން މައުލޫމާތު ދީފައިވެ އެވެ.

އަލް ބުރޫޖު ޖަމާއަތުން އިތުރަށް ބުނީ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހި ކޮންސިއުލޭޓާ ގުޅިގެން ޖަނާޒާގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910