ފިނިޕޭޖް

ޓުއާގެ ތެރެއިން ޓޭލާ ސްވިފްޓްގެ އަތް ހަލާކުވެއްޖެ

މި ދުވަސް ވަރު އީރާސް ޓުއާގައި އުޅޭ ޓޭލާ ސްވިފްޓް ވެއްޓި، އަތް ހަލާކުވެއްޖެ ކަމަށް ބުނެފި އެވެ.

މިދިޔަ ހަފްތާ ބަންދުގައި ހިއުސްޓަންގައި ފޯރިގަދަ ތިން ޝޯ ޓޭލާ ވަނީ ބާއްވާފަ އެވެ. އެތަނުން އެއް ޝޯގެ ތެރެއިން ފޭނުންނަށް ޓޭލާގެ އަތް ހަލާކުވެފައިވާކަން ފާހަގަކުރެވިފައިވެ އެވެ.

ޓޭލާގެ ޝޯތަކުގެ ވާހަކަ ޓްވިޓާގައި ދައްކަމުން އޭނާ ބުނީ އޭނާގެ އަތް ހަލާކުވީ އަމިއްލަ ކުށަކުން ކަމަށެވެ.

ކޮސްޓިއުމް ޗޭންޖްކުރަން މާއަވަސްކޮށްލުމުން، ހެދުމުގެ ފަސްބަޔަށް އެރި ކައްސާލައިގެން ވެއްޓި އަނިޔާވީ ކަމަށް ޓެލާ ބުންޏެވެ. ހާލު ރަނގަޅު ކަމަށާއި ސަޕޯޓްކުރާ މީހުން ހާސްނުވުމަށްވެސް އެދިފައިވެ އެވެ.

ކުރިއަށް އޮތް ހަފްތާ ބަންދުގައި ޓޭލާގެ އީރާސް ޓުއާގެ ޝޯތައް އޮންނާނީ އެޓްލާންޓާގެ މާސިޑިޒް-ބެންޒް ސްޓޭޑިއަމްގަ އެވެ.

އީރާސް ޓުއާ މިދިޔަ މަހު 17 ގައި ފަށާފައިވާއިރު، ނިމޭނީ އޮގަސްޓް 9 ގައެވެ. މިއީ ޓޭލާގެ މިފަދަ ހަވަނަ ޓުއާ އެވެ.