ޔޫތު މިނިސްޓްރީ

ހުޅުމާލެއިން ޔޫތު މިނިސްޓްރީއަށް ބޮޑު ބިމެއް

ރިކްރިއޭޝަން ހަރަކާތްތައް ހިންގުމަށް ހުޅުމާލެ އިން ބޮޑު ބިމެއް ޔޫތު މިނިސްޓްރީއަށް ދީފި އެވެ.

އާބަންކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ބިމުގެ އެއްބަސްވުމުގައި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތު މިނިސްޓަރު އަހްމަދު މަހުލޫފެވެ. އާބަންކޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހްމަދު އާތިފް އެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ޔޫތު މިނިސްޓްރީއަށް ދީފައިވަނީ 54،307.32 އަކަފޫޓުގެ ބޮޑު ބިމެކެވެ.

އާބަންކޯ އިން ބުނީ ހުޅުމާލެ އަކީ އާބަން ސިޓީއެއްގެ ގޮތުގައި ތަރައްގީކުުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ކުރަމުން އަންނަ އެއް ކަމަކީ ޒުވާނުންނާ ގުޅުންހުރި ކުޅިވަރުތަކާއި، އެހެނިހެން ރިކްރިއޭޝަން ހަރަކާތްތަކަށް ހުޅުމާލޭގައި ފުރުސަތު ހޯދައިދިނުން ކަމަށެވެ.

ޔޫތު މިނިސްޓްރީއަށް ދިން ބިމުގައި ރިކްރިއޭޝަން ހަރަކާތްތަކުގެ ގޮތުގައި ކުރާނެ ވަކި ކަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.