ފިނިޕޭޖް

މެޑަލިން މާލޯ ކައިވެނިކޮށްފި

ކަންޓްރީ ލަވަކިޔުންތެރިޔާ އަދި ލިޔުންތެރިޔާ މެޑަލިން މާލޯ ކައިވެނިކޮށްފި އެވެ.

މެޑަލިން 22، އޭނާގެ ލޯބިވެރިޔާ ޗޭސް ފޭން، 30، އާ ކައިވެނިކުރީ މިމަހުގެ 22 ވަނަ ދުވަހު ގެލެޓިން، ޓެނެސީގަ އެވެ. މިއީ މެޑަލިންގެ ރަށް، ކެނެޑާގެ ވެންކޫވާގެ ނުފޫޒް އެކުލެވޭ ގާޑަން-ގްރީން ހައުސް ވެޑިން އެކެވެ.

މެޑަލިންގެ ވެޑިން ޑްރެސްއަކީ މެޑިސަން ޖޭމްސް ޑިޒައިންކުރި ހުދުކުލައިގެ ހުވަފެނީ ހެދުމަކާއި އަތުން މާޖަހައިފައިވާ ވޭލްއެކެވެ.

ކައިވެނީގެ އާފްޓާ-ޕާޓީ އޮތީ ޓިން ރޫފް ކިޔާ ބާ އެއްގަ އެވެ. މިއީ މެޑަލިން ވަކީލެއް ކަމުގައިވާ ޗޭސް އާ 2020 ގައި ދިމާވި ބާއެވެ. މިދެ ލޯބިވެރިން އެންގޭޖުވީ މިދިޔަ އަހަރުގެ އޭޕްރިލް ގައެވެ.

"ޗޭސް އާ ދިމާވި ދުވަހުގެ އަނެއް ދުވަހު އަހަރެން އާއިލާއަށް ޓެކްސްޓްކޮށްފައި ބުނިން އަހަރެންގެ ފިރިމީހާއާ ރޭގައި ދިމާވެއްޖެއޭ" – މެޑަލިން ބުންޏެވެ.

"މެޑަލިން އާ ބައްދަލުވުމަކީ އަހަރެންގެ ހަޔާތުގައި ދިމާވި އެންމެ ރަނގަޅު ކަންތައް." ޗޭސް ބުނެފައިވެ އެވެ.

މި ދެމަފިރިން މިހާރުވީ ހަނީމޫން ހޭދަކުރުމަށް ކޮސްޓާ ރީކާއަށް ގޮސްފަ އެވެ.