ކެޔޮދޫ

ކެޔޮދޫ މިސްކިތަށް ގެއްލުން ދިން މީހާ ޝަރީއަތް ނިމެންދެން ބަންދު

ކެޔޮދޫ މިސްކިތަށް ގެއްލުން ދީފައި
0%
0%
0%

ވ. ކެޔޮދޫ މިސްކިތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް މުއްދަތު ޖަހައިފި އެވެ.

މިމައްސަލައިގެ ތުހުމަތުގައި މިމަހުގެ 25 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މި މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން މި މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ކެޔޮދޫ ކައުންސިލް އިދާރާ އިން ބުނީ ހައްޔަރުކުރި މީހާއަށް ހަތިމުތައް ވީދާލި ކަމުގެ ތުހުމަތު ބައެއް މީހުން ކުރި ނަމަވެސް ކައުންސިލުން އެފަދަ ތުހުމަތެއް ނުކުރާ ކަމަށެވެ. އޭނާ ހައްޔަރުކުރީ މިސްކިތަށް ގެއްލުން ދިނުމުގެ ތުހުމަތުގައި ކަމަށްވެސް ބުންޏެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކުގެ ތެރެއިން 10 ހަތިމެއް އެންމެ ފުރަތަމަ ވީދާލީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކުގެ ތެރެއިން 20 ހަތިމެއް ދެވަނަ ފަހަރަށް އަނެއްކާވެސް ވަނީ ވީދާލާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910