ކެޔޮދޫ

ކެޔޮދޫގައި ހަތިމުތަކެއް ވީދާ މައްސަލަ ބޮޑުވެފައި

ވ. ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކެއް އަނެއްކާވެސް ވީދާލައިފި އެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކުގެ ތެރެއިން 10 ހަތިމެއް އެންމެ ފުރަތަމަ ވީދާލީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

ކެޔޮދޫ މިސްކިތުގައި ހުރި ހަތިމުތަކުގެ ތެރެއިން 20 ހަތިމެއް ދެވަނަ ފަހަރަށް އަނެއްކާވެސް ވަނީ ވީދާލާފަ އެވެ.

ކެޔޮދޫ ކައުންސިލުން ބުނީ މިދިޔަ ހޮނިހިރު ދުވަހު ވެސް އަދި މިދިޔަ އަހަރުވެސް ހަތިމުތައް ވީދާލި މީހެއް އަދި އެނގިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ޝައްކު ކުރެވޭ މީހަކު ވެސް މިވަގުތު ފާހަގަކުރެވިފައެެއް ނުވެ،" ކައުންސިލް އިދާރާ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކެޔޮދޫ ކައުންސިލުން ވަނީ މިމައްސަލަ ފުލުހުންނަށް ހުށަހަޅައި މިކަން ކުރި ބަޔަކަށް ފިޔަވަޅު އަޅައިދިނުމަށް އެދިފަ އެވެ.