ހަބަރު

ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ފަށައިފި

Jan 29, 2021
4

ވ. ކެޔޮދޫގައި ފުލުހުންގެ ހިދުމަތް ދޭން ފަށައިފި އެވެ.

ކެޔޮދޫ ޕޮލިސް ޕޯސްޓް އިއްޔެ ރަސްމީކޮށް ހުޅުވައި ދެއްވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެވެ. އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ގައުމީ ދިދަ ނަންގަވައި ދެއްވި އިރު ފުލުހުންގެ ދިދަ ނަންގަވައި ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝާހިދު ވިދާޅުވީ، ފުލުހުންގެ ހިދުމަތް ކެޔޮދޫގައި ފެށި ނަމަވެސް ހިދުމަތް ކާމިޔާބު ވާނީ ރައްޔިތުންގެ އެއްބާރުލުމާއެކު އެވެ.

މިނިސްޓަރު އިމްރާނު ވިދާޅުވީ ފުލުހުންގެ ހިދުމަތް ފެށުމުން ރައްޔިތުން އުންމީދުކުރާ ފެންވަރުގެ ހިދުމަތެއް ލިބިގެންދާނެ ކަމަށް ޔަގީންކަން ދެއްވި އެވެ.