އެމްއެމްއޭ

އެމްއެމްއޭ އިން މިދިޔަ އަހަރު 994 މިލިއަން ޑޮލަރު ވިއްކި

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ -- ފޮޓޯ: އަވަސް
0%
0%
0%

މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިދިޔަ އަހަރު 994 މިލިއަން ޑޮލަރު (15 ބިލިއަން ރުފިޔާ) ވިއްކައިފި އެވެ.

އެމްއެމްއޭގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުން މިއީ 2021 ވަނަ އަހަރު ވިއްކި ޑޮލަރާއި އަޅާބަލާއިރު 53 ޕަސަންޓު އިތުރުވުމެކެވެ.

މަރުކަޒީ ބޭންކުން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 73 ޕަސަންޓް -- 726 މިލިއަން ޑޮލަރު ވިއްކާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނި -- އެސްއޯއީތަކަށެވެ. މިއީ އަހަރުން އަހަރަށް ބަލާނަމަ 90 ޕަސަންޓް އިތުރުވުމެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ވިއްކި ޑޮލަރު އިތުރުވި ސަބަބެއްގެ ގޮތުގައި އެމްއެމްއޭ އިން ފާހަގަކުރަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުން ހަރަދު އިތުރުވުމެވެ.

އެމްއެމްއޭ އިން މިދިޔަ އަހަރު ކޮމާޝަލް ބޭންކްތަކަށް 267.7 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ. މިއީ އެމްއެމްއޭ އިން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 19.3 ޕަސަންޓެވެ.

މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖެއިން ބޭރަށް ދަތުރުކުރި ދިވެހިންނަށް 60.9 މިލިއަން ޑޮލަރު ވިއްކާފައިވެ އެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

ވަހީދު

މާނައަކީ 2.4 ބިލިޔަން ކަޅުބާޒާރުގަ ލޯންޑާކުރި

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910