ލައިފްސްޓައިލް

މަރުވާ އަންހެނުންގެ މަހާނައިގައިވެސް ތަޅު އަޅުވަން ޖެހިފައި

އަންހެނެއްގެ މަހާނަ ތަޅުލާފައި
0%
0%
0%

ޕާކިސްތާނުގައި މި ދުވަސްކޮޅު ވަރަށް އާދަޔާޚިލާފު ޚަބަރެއް ފެތުރެމުން އެބަ ދެއެވެ. އެ ގައުމުގެ ޒުވާން އަންހެނުންގެ ތެރެއިން އަންހެނަކު މަރުވެއްޖެނަމަ އެ މީހެއްގެ މައިންބަފައިންނަށް ނުވަތަ އާއިލާގެ މީހުންނަށް އެ މަހާނައެއް ތަޅު އަޅުވައިގެން ބަލަހައްޓަން ޖެހޭ ވާހަކަ އެކެވެ. މިއީ އެ ގަބުރުތައް ޖިންސީ ގޯނާއިން ސަލާމަތްކުރަން އެ ގައުމުގައި މިހާރު ގިނަ ބަޔަކު ކުރަމުންދާ ކަމެއް ކަމަށް ޑެއިލީ ޓައިމްސްގައިވާ ޚަބަރެއްގައި ބުނެފައި ވެއެވެ.

މިއީ ނެކްރޯފީލިއާ ނުވަތަ ގަބުރަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް އެ ގައުމުގައި ބޮޑުވެގެން ގޮސް މަރުވާ މީހުންގެ އާއިލާގެ މީހުންނަށް މިހާރު ކޮންމެހެންވެސް ކުރަން ޖެހިފައިވާ ކަމެކެވެ. މިގޮތަށް މަހާނަތަކުގައި ދަގަނޑު ތޭރި ދޮރެއް ލައި އެ ދޮރުގައި ބޮޑު ތަޅެއް އަޅުވާފައި ހުއްޓާ ނަގާފައިވާ ބައެއް ފޮޓޯތައް ވެސް ސޯޝަލް މީޑީއާޣައި ދައުރުވެފައި ވެއެވެ.

ޑެއިލީ ޓައިމްސްގެ އެޑިޓޯރިއަލްގައި ލިޔެފައިވާ ގޮތުގައި އާއިލީ ގުޅުމަށާއި އަންހެނުންގެ ހިމާޔަތާއި ރައްކާތެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ގައުމެއްގައި މިފަދަ ގޮތަކަށް މަރުވާ އަންހެނުންގެ މަހާނައިގައި ތަޅު އަޅުވަން ޖެހުމަކީ ވަރަށް ލަދުވެތި ކަމެއްގެ ގޮތުގައި ސިފަކޮށްފައި ވެއެވެ.

މި ޚަބަރަށް ކޮމެންޓުކުރި ބައެއް މީހުން ބުނެފައިވަނީ މިއީ ޕާކިސްތާނުގެ ގިނަ ބަޔެއްގެ ވިސްނުމާއި ދިރިއުޅުމުގެ އާދަކާދަތައް ހުރި ގޮތުން ބައެއް މީހުންނަށް ކުރިމަތިވާ މާޔޫސްކަމެއްގެ ސަބަބުން ދިމާވާ ކަމެކެވެ.
ޕާކިސްތާނުގައި މަރުވެގެން ވަޅުލާ ބައެއް އަންހެނުންގެ މަހާނަ ކޮނެގެން ނަގައި ގަބުރުތަކަށް ޖިންސީ ގޯނާ ކޮށްފައިވާ ގިނަ މައްސަލަތައް މި ފަހަކަށް އައިސް ފެންމަތިވެފައިވާ ކަމަށް ވެއެވެ.

ނެކްރޮފީލިއާގެ ފުރަތަމަ މައްސަލަ ފަޅާ އެރީ 2011 ގައެވެ. ކަރާޗީގެ އުތުރުގައިވާ ނާޒިމްއާބާދުގެ ގަބުރުސްތާނެއްގައި މަހާނަތައް ބެލެހެއްޓުމުގެ މަސައްކަތުގައި އުޅުނު މުހައްމަދު ރިޒްވާން ކިޔާ މީހަކު އެ ސަހަރާގައި ވަޅުލި 48 އަންހެން ގަބުރު ރޭޕްކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށް އޭނާ އެކަމަށް އެއްބަސްވެފައި ވެއެވެ.

ޕާކިސްތާންގެ ނެޝަނަލް ކޮމިޝަން އޮފް ހިއުމަން ރައިޓްސް އިން ބުނާ ގޮތުގައި އެ ގައުމުގެ އަންހެނުންގެ 40 ޕަސެންޓް މީހުންނަށް އެމީހުންގެ ހަޔާތުގެ ކޮންމެވެސް ދުވަސްވަރެއްގައި އެއް ފަހަރު ނަމަވެސް އިއްޒަތަށް އަރައިގަތުމުގެ މައްސަލައާ ކުރިމަތިލާން ޖެހެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910