ކަނޑުމަތީގެ ހާދިސާ

ހަތަރު މީހުން ތިބި ދޯންޏެއް ދިޔަވެ އަޑިއަށް ދަނީ

ހަތަރު މީހުންނާއިއެކު ދަތުރު ކުރަމުންދާ ދޯންޏެއް ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

އެމްއެންޑީއެފް އިން ދާދި ދެންމެ ބުނީ މާލެއިން ފުރައިގެން ހަތަރު ދިވެހިންނާއެކު ތ. ދިޔަމިގިއްޔަށް ދަތުރުކުރި "މާކުރީ 7" ދޯނި ތ. ވިލިފުށީގެ ހުޅަނގު އުތުރުން ހަ މޭލު ބޭރުން ދިޔަވެ އަޑިއަށްދާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

ދޯންޏަށް އެހީތެރިވުމަށް ސިފައިންގެ ކޯސްޓްގާޑުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކުރިއަށް މިއޮތް ދެތިން ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން އޮތީ ލަފާކޮށްފަ އެވެ.