ރައްޔިތުންގެ މަޖިލިސް

މެންބަރު ޒަރީރަށް ހަމަލާދީ ޒަހަމްކޮށްލައިފި

May 1, 2023

ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

ޒަރީރަށް ހަމަލާ ދިނީ ހަބީބީ ކެފޭ އެންޑް ބިސްޓްރޯ ތެރޭގައި އިންނަވަނިކޮށެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ޒަރީރަށް ހަމަލާދިން މައްސަލަ މިއަދު ހެނދުނު 5:08 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

ޒަރީރަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލްގައި މިހާރު ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. ނަމަވެސް އޭނާގެ ހާލަތާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އަދި ނުލިބެ އެވެ.

މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ބުނުން ފިޔަވައި މިމައްސަލައިގައި ފުލުހުން އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ.