ހދ. ނޮޅިވަރަމު

ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފި

May 1, 2023
1

ހދ. ނޮޅިވަރަމް ސްކޫލްގެ އިސްލާމް ޓީޗަރު މަސްތުވާތަކެއްޗާ އެކު ހައްޔަރުކޮށްފި އެެވެ.

އަވަސްއާ ވާހަކަ ދެއްކި ނޮޅިވަރަމްގެ ބައެއްް މީހުން ބުނީ ނާއިޒް އިބްރާހީމް ނަމަކަށް ކިޔާ އިސްލާމް ޓީޗަރު އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރި ވަގުތު އޭނާގެ އަތުން މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.

"ނާއިޒު މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ ކަމަށް ބައެއް އަބަދުވެސް އޭނާއަށް ތުހުމަތުކުރޭ. އެކަމަކު މިއީ މިފަދަ ކަމެއްގައި ހައްޔަރުވި ފުރަތަމަ ފަހަރު،" އޭނާ ބުންޏެވެ.

ނާއިޒު ހައްޔަރުކުރަނިކޮށް ފެންނަ ވީޑިއޯއެއް ސޯޝަލްމީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

ނާއިޒު ހައްޔަރުކުރި މައްސަލައިގައި ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.