ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާ އިން ރާއްޖެއަށް ހަދިޔާކުރި އާ މަނަވަރު ރަސްމީކޮށް ބޭނުންކުރަން ފަށައިފި

0%
0%
0%

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި އޯފްޝޯ ޕެޓްރޯލް ވެސަލް، ސިފައިންގެ އެންމެ މަތީވެރިޔާ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ކަމިޝަން ކޮށްދެއްވައިފި އެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ހުޅުމާލޭގައި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބަނދަރުކުރާ ސަރަހައްދުގަ އެވެ.

އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ހަދިޔާކުރެއްވި، އޯފްޝޯ ޕެޓްރޯލް ވެސަލް ކަމިޝަންކޮށްދެއްވައި ހިދުމަތަށް ނެރެދެއްވުމުގެ ގޮތުން، އެ އުޅަނދުގައި ނެގުމަށް ދިވެހި ގައުމީ ދިދަ، ކޮމާންޑިން އޮފިސަރަށް ހަވާލުކޮށް ދެއްވައި، އުޅަނދުގެ ނަންބޯޑު ކަޝްފުކޮށްދެއްވީ ރައީސް ސޯލިހް އެވެ.

މި އުޅަނދުގެ ނަމަކީ "ސީޖީއެސް ހުރަވީ" އެވެ. މިއަދު ހިދުމަތަށް ނެރެވުނު މިއުޅަނދަކީ ކުރިން އިންޑިއާ ސަރުކާރުން ހަދިޔާކުރެއްވި، "ސީޖީއެސް ހުރަވީ"ގެ ނަމުގައި ބޭނުންކުރަމުން އައި އުޅަނދުގެ ބަދަލުގައި ދީފައިވާ އުޅަނދެކެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް ހަދިޔާކުރި އޯފްޝޯ ޕެޓްރޯލް ވެސަލްގެ އިތުރުން ލޭންޑިން ކްރާފްޓް ދިވެހި ސަރުކާރާއި ހަވާލުކުރުމުގެ ގޮތުން އެ ދެ އުޅަނދުގެ މޮޑެލް، މިނިސްޓާ އޮފް ޑިފެންސް މާރިޔާ އަހްމަދު ދީދީއާ ހަވާލުކޮށްދެއްވީ، އިންޑިއާގެ ޑިފެންސް މިނިސްޓަރު ރަޖްނަތު ސިންގް އެވެ.

މީގެ އިތުރުން މި ރަސްމިއްޔާތުގައި ވަނީ އިންޑިއާ ދިން ހަދިޔާގެ އަގުވަޒަންކޮށް ހާއްސަ ހަނދާނީ ފިލައެއް ރާއްޖޭގެ ޑިފެންސް މިނިސްރު މާރިޔާގެ އަތްޕުޅުން އިންޑިއާގެ ޑިފެންސް މިނިސްޓަރަށް އަރުއްވާފަ އެވެ.

އިންޑިއާ ސަރުކާރުން ހަދިޔާކުރި އުޅަނދުތަކުގެ ސަބަބުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުވެ ދިވެހިރާއްޖޭގެ ދިފާއު އަދި ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައާއި ރާއްޖޭގެ ކަނޑުގެ ސަރަޙައްދުތައް ބެލެހެއްޓުމަށް ކުރާ މަސައްކަތް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެ އެވެ.

މި ރަސްމިއްޔާތުގައި ދެ ގައުމުގެ ޑިފެންސް މިނިސްޓަރުންގެ އިތުރުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރާއި، އިންޑިއާ ސަރުކާރު ވަފުދުގެ ބޭފުޅުންގެ އިތުރުން ސިފައިންގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345