ބޮލީވުޑް

އަމިއްލަ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ދަރްމެންދުރަ ބޭނުމެއް ނުވޭ

Feb 4, 2016

މިދުވަސްވަރަކީ ބޮލީވުޑްގައި އެކި ގޮތްގޮތުން މަޝްހޫރުވެފައިވާ ފަރާތްތަކުގެ ހަޔާތުގެ މައްޗަށް ފިލްމު އުފައްދަމުން އަންނަ ދުވަސްވަރެކެވެ.

ބޮލީވުޑްގެ ބައެއް ފަރާތްތަކުގެ ހަޔާތުގެ މައްޗަށްވެސް ފިލްމު އުފެއްދުމުގެ މަސައްކަތް މިހާރު ކުރަމުން އައި ނަމަވެސް ކުރީގެ މަޝްހޫރު އެކްޓަރު ދަރްމަންދުރަ، އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ބޭނުމެއް ނުވެ އެވެ.

އަމިއްލަ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ބޭނުންނުވާ ކަމަށް ބުނަމުން ދަރްމެންދުރަ ވަނީ އޭނާގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމެއްގައި އޭނާގެ ރޯލު އެންމެ ފުރިހަމަ ގޮތުގައި ކުޅެވޭނެ ވަރުގެ އެކްޓަރެއް ބޮލީވުޑްގައި ނެތް ކަމަށް ބުނެފަ އެވެ.

ދަރްމެންދުރަގެ ދަރިފުޅު ސަނީ ޑިއޯލްގެ "ގާޔަލް ވަންސް އެގެއިން" ޕްރޮމޯޓްކުރުމަށް ބޭއްވި އިވެންޓެއްގައި ވާހަކަދައްކަމުން ވަނީ އޭނާގެ ހަޔާތް ވަރަށް އުފާވެރި ކަމަށާއި އެހެންކަމުން ފިލްމެއްގައި އޭނާ ނަކަލު ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް ބުނެފަ އެވެ.

"އަހަންނަކަށް ހިޔެއްނުވޭ އަހަރެން ކަހަލަ އުފާވެރި ޖަޒުބާތުތަކުން ފުރިފައިވާ ދެވަނަ މީހަކު ހުރިހެން. މިހާތަނަށް އަހަރެން ކަންތައްތައް ކޮށްފައިވާ ގޮތަށް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް. އެއްވެސް ގޮތަކަށް ބޭނުމެއްނޫން އަމިއްލަ ދިރިއުޅުމުގެ މައްޗަށް ފިލްމެއް އުފައްދަން. ހަޔާތަކީ އެންމެ ފަހަރަކު ދިރިއުޅެވޭ އެއްޗެއް. އަހަރެން މިހާތަނަށް ދިރުއުޅެފައިވަނީ ވަރަށް ވެސް ހިތްހަމަޖެހޭ ވަފާތެރި އަދި ލޯބިން ފުރިގެންވާ މަޖާ ދިރިއުޅުމެއް" ދަރްމެންދުރަ ބުނެފައިވެ އެވެ.

އެހެންނަމަވެސް ވަނީ އޭނާ އަމިއްލައަށް ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ބޭނުންނުވި ނަމަވެސް ކޮންމެވެސް އެހެންމީހަކު އޭނާގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

އިންޑިއާގެ ސިނަމާގައި އެންމެ މަޝްހޫރު އަދި އެންމެ ގިނަބައެއްގެ ލޯބި ލިބިފައިވާ ދަރްމެންދުރަ ބޮލީވުޑަށް ތައާރަފުވެފައިވަނީ 1960 ވަނަ އަހަރު، "ދިލްބީ ތެރާ ހަމްބީ ތެރާ" އިންނެވެ. މިހާތަނަށް ދަރްމެންދުރަ ވަނީ މަޝްހޫރު ގިނަ ފިލްމުތަކެއް ކުޅެފަ އެވެ. އޭގެތެރޭގައި "ޝޯލޭ"، "ޑްރީމް ގާލް" އާއި "މޭރާ ގާނޫން މޭރާ ދޭޝް" ފަދަ ފިލްމުތައް ހިމެނެ އެވެ.

"ގާޔަލް ވަންސް އެގެއިން" އަކީ 1990 ވަނަ އަހަރު ނިކުތް "ގާޔާލް"ގެ ސީކުއެލްއެކެވެ. މިދެފިްލްމުވެސް ޕްރޮޑިއުސްކޮށްފައިވަނީ ދަރްމެންދުރަ އެވެ.