ފޮރިން މިނިސްޓްރީ

ވިސާ ނެތި ކެމްބޯޑިއާއަށް ދެވޭނެ ގޮތް ހަމަޖެހިއްޖެ

ކުރިން ވިސާ ނެގުމަކާ ނުލައި ދިވެހިންނަށް ކެމްބޯޑިއާއަށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިއްޖެ އެވެ.

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކެމްބޯޑިއާ އަށް ދަތުރުކުރާ ދިވެހިންނަށް މިއަދުން ފެށިގެން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ލިބޭނެ އެވެ.

ކެމްބޯޑިއާ އިން ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ފެށީ ރާއްޖެ އާއި ކެމްބޯޑިއާއާ ދެމެދު މިއަހަރުގެ ޖެނުއަރީ މަހު ސޮއިކުރި ވިސާ އެއްބަސްވުމުގެ ދަށުންނެވެ.

އެގައުމުން 30 ދުވަހުގެ އޮން އެރައިވަލް ވިސާ ދިން ނަމަވެސް، ދިގު މުއްދަތަށް ދަތުރުކުރާ މީހުންނާއި ވިޔަފާރި އަދި ތައުލީމު ހާސިލުކުރަން ދަތުރުކުރާ މީހުން ދުރާލާ ވިސާ ހޯދަން ޖެހެ އެވެ.

ކުރިން ވިސާ ނެގުމަކާ ނުލައި، 94 ގައުމަށް މިހާރު ދިވެހިންނަށް ދަތުރުކުރެވޭނެ އެވެ.