ސ. ފޭދޫ

ގެނބުނު ހަ އަހަރުގެ ކުއްޖަކަށް ފަރުވާ ދެނިކޮށް މަރުވެއްޖެ

އައްޑޫ ސިޓީގެ ފޭދޫ ޓްރެކް ސަރަހައްދަށް މޫދަށް އެރި އުޅެނިކޮށް ގެނބުނު ކުއްޖަކު މަރުވެއްޖެ އެވެ.

އުމުރުން ހަ އަހަރުގެ ފިރިހެން ކުއްޖާ މޫދުގައި އޮއްވާ ފެނުނީ ގެއްލިގެން ހޯދަމުން ދަނިކޮށެވެ.

ފުލުހުންނަށް މިމައްސަލަ ރިޕޯޓްކޮށްފައިވަނީ މިއަދު ހަވީރު 5:50 ހާއިރު އެވެ.

މިކުއްޖާ މޫދުން ނަގައިގެން ފަރުވާ ދިނުމަށް އެންމެ ފުރަތަމަ ގެންދިޔައީ ފޭދޫ ސިއްހީ މަރުކަޒަށެވެ.

އިތުރު ފަރުވާ ދިނުމަށް އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ވެސް ފަހުން ގެންދިޔަ އެވެ. ނަމަވެސް އެ ހޮސްޕިޓަލަށް ކުއްޖާ ގެންދިޔައިރު މަރުވެފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ފުލުހުން ބުނީ މިމައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.