ލައިފްސްޓައިލް

އެއް އާއިލާއެއްގެ ފަސް ޖީލުގެ ވީޑިއޯއަށް ބޮޑު ތަރުހީބެއް

މެގްނާ (ކ-2) އޭނާގެ ދަރިފުޅު އުރައިގެން އަދި ތުއްތު ކުއްޖާގެ މާމަ އާއި މުނިމާމަ އަދި ހޫރުމާމަ (ވ)
0%
0%
0%

އެއް އާއިލާއެއްގެ ފަސް ޖެނެރޭޝަނެއްގެ މީހުން އެކުގައިވާ ފޮޓޯއެއް ނުވަތަ ވީޑިއޯއެއް ފެންނާނީ ވަރަށް މަދުންނެވެ.

ޑުބާއީގައި ދިރިއުޅޭ އިންޑިއާގެ މި އާއިލާއަށް ދާދިފަހުން އުފަންވި ކުއްޖަކާއެކު އާއިލާގެ ފަސް ޖެނެރޭޝަން ވަނީ ހަމަވެފަ އެވެ.

މިފަހަރު އުފަންވީ އަންހެން ކުއްޖާގެ ހޫރު މާމަ އާއި މުނިމާމަ އަދި މާމަ އާއި މަންމަ އަދި މި ކުޑަ ކުއްޖާ މި ވީޑިއޯގައި ފެނެ އެވެ.

ވީޑިއޯގައި ފުރަތަމަ ފެންނަނީ ތުއްތު ކުއްޖާ ބާއްވާފައި އޮއްވާ އެ ކުއްޖާގެ މަންމަ މެގްނާ ނަހާރް އައިސް އެ ކުއްޖާ ކައިރީގައި އިށީންނަ ތަނެވެ. އަދި މެގްނާ އޭނާގެ މަންމައަށް ގޮވަ އެވެ. އެއީ ތުއްތު ކުއްޖާގެ މާމަ އެވެ. މާމަ އައިސް އިށީނދެފައި އޭނާގެ މަންމަ އަށް އަދި ތުއްތު ކުއްޖާގެ މުނިމާމަ އަށް ގޮވަ އެވެ. އަދި މުނިމާމަ އައިސް ގޮވާލުމުން އޭނާގެ މަންމަ އަދި ކުއްޖާގެ ހޫރު މާމަ އައިސް އެތަނުގައި އިށީނދެ އެވެ.

މި ވީޑީއޯ އިންޓަނެޓުގައި ދައުރުވުމުން ވަރަށް ގިނަ ބަޔެއްގެ ސަމާލުކަން ވީޑިއޯ އަށް ލިބި މި އާއިލާއަށް ގިނަ ބަޔަކު ވަނީ ހެޔޮއެދުމާއި ތަހުނިޔާ ފޮނުވާފަ އެވެ.

އެއް އާއިލާއެއްގެ ފަސް ޖެނެރޭޝަނެއްގެ އަންހެން މެމްބަރުން އެކުގައި މިފަދަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނެގުމުގެ ފުރުސަތަކީ ވަރަށް މަދު ފަހަރެއްގައި ނޫނީ ނުލިބޭނެ ފުރުސަތެއް ކަމަށް ކޮމެންޓް ކުރި މީހުން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910