އިސްލާމިކް ސްޓޭޓް

އައިއެސްގެ އިސްވެރިން ލީބިޔާއަށް އެތެރެވާން ފަށައިފި

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައެސް ޖަމާއަތުގެ އިސްވެރިންނާއި ކޮމާންޑަރުން ލީބިޔާއަށް އެތެރެވަމުންދާ ކަމަށް ލީބިޔާއިން ބުނެފި އެވެ.

ލީބިޔާގެ އިންޓެލިޖެންސުން ބުނީ ނިމިގެން ދިޔަ މަހެއްހާ ދުވަސްތެރޭ އިރާގާއި ސީރިޔާއިން އައިއެސް ޖަމާއަތް އަދި އެހެން ޖަމާއަތްތަކުގެ އިސްވެރިންވެސް ލީބިޔާއަށް ދިރިއުޅުން ބަދަލުކުރަމުންދާ ކަމަށެވެ.

ލީބިޔާގައި އައިއެސް ޖަމާއަތުގެ ނުރައްކާ ބޮޑުވަމުންދާކަމަށް ލަފާކުރެވޭތީ އިނގިރޭސިންނާއި އެމެރިކާ ހިމެނޭ ގޮތަށް 23 ގައުމަކުން ގުޅިގެން ވަނީ މިކަމާ ގުޅޭ މަޝްވަރާ ބައްދަލުވުމެއް ރޯމްގައި ބާއްވާފަ އެވެ.

ލީބިޔާގެ ކުރީގެ ލީޑަރު މުއައްމަރަލް ގާއްޒާފީގެ އަވަށް ކަމަށްވާ ސިރްތް އަކީ މިހާރުވެސް އައިއެސްގެ ބާރުގެ ދަށުގައި އޮންނަ ގައުމެކެވެ. އެއަވަށް އައިއެސްގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ ނިމިގެންދިޔަ 2015 ވަނަ އަހަރެވެ. ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާއި ދެމެދުގައި އުފެދުނު ދެބަސްވުމަކާއި ގުޅިގެން އެ އަވަށް އަނބުރާ އަތުލުމަށް ހުރަސްތަކެއް އެޅިފައިވާއިރު ގައްޒާފީގެ ވެރިކަމުގައި އޭނާ ދިޔައީ އައިއެސް އާއި ހަނގުރާމަވެރި ޖަމާއަތްތަކަށް ހިމާޔަތްދީ އެހީތެރިކަން ފޯރުކޮށްދިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ހަނގުރާމަވެރި ޖަމާއަތްތަކުގެ އިސްވެރިން އެޤައުމަށް އެތެރެވަމުން ދަނީ، ހުޅަނގުގެ ޤައުމުތަކުން އެ ފަރާތްތަކަށް އަމާޒުކޮށް ދޭ ވަރުގަދަ ހަމަލާތައް އިތުރު ކުރުމާއި ގުޅިގެން ކަމަށް ލީބިޔާ އިންޓެލިޖެންސުން ބުނެ އެވެ.