މިނިސްޓްރީ އޮފް އެޑިއުކޭޝަން

ޓޮޕް 10: އޭ ލެވަލްގައި 441، އޯ ލެވަލްގައި 847 ދަރިވަރުން

މިދިޔަ އަހަރު އޭ ލެވަލް އިމްތިހާންގައި ބައިވެރިވި ކުދިންގެ ތެރެއިން ރާއްޖޭގެ ޓޮޕް 10ގައި 441 ދަރިވަރުން ހިމެނޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ޓޮޕް 10 އަށް ހޮވުނު ދަރިވަރުންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު އެވެ.

ރާއްޖޭގައި 2،849 ދަރިވަރުން މިދިޔަ އަހަރުން އޭ ލެވަލް އިމްތިހާން ހަދާފައިވެ އެވެ. ޓޮޕް 10 ގައި ހިމެނޭ 441 ކުދިންގެ ތެރެއިން 266 ކުދިންނަކީ އަންހެން ކުދިންނެެވެ. އަދި 155 ކުދިންނަކީ ފިރިހެން ކުދިންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން އަވަސްއަށް ދީފައިވާ މައުލޫމާތަށް ބަލާއިރު މިދިޔަ އަހަރު އޯ ލެވަލް އިމްތިހާން ހެދި ކުދިންގެ ތެރެއިން ޓޮޕް 10 ގައި 847 ދަރިވަރުން ހިމެނެ އެެވެ.

ރާއްޖޭގައި މިދިޔަ އަހަރު 5،939 ދަރިވަރުން އޯ ލެވަލް ހަދާފައިވެ އެވެ. މީގެތެރެއިން ޓޮޕް 10ގައި ހިމެނުނު 847 ދަރިވަރުންގެ ތެރެއިން 499 ކުދިންނަކީ އަންހެން ކުދިންނެވެ. އަދި 348 ކުދިންނަކީ ފިރިހެން ކުދިންނެވެ.

އޯ ލެވަލްގެ ކުދިންނަށް އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ 17 އާއި 18 ގައި ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.