ފިނިޕޭޖް

ވޭޒް އެޕަށް ޖޯނާސް ބްރަދާސްގެ އަޑު

ކާރު ދުއްވާއިރު މަގު ދައްކައިދޭ ވޭޒް އެޕުން މަޝްހޫރު މިއުޒިކީ ބޭންޑް -- ޖޯނާސް ބްރަދާސްއާ ގުޅިގެން "ޑްރައިވް ވިތް ޖޯނާސް ބްރަދާސް" އެކްސްޕީރިއަންސް ލޯންޗުކޮށްފި އެވެ.

މިގޮތުން ކާރު ދުއްވާއިރު ޖޯނާސް ބްރަދާސްގެ އެކްސްޕީރިއަންސް ހިޔާރުކުރާ ފަރާތްތަކަށް، މަގު ދައްކައިދިނުމުގެ އިތުރުން ޓުއާ ކުރަން އުޅޭއިރު ހަޔާތުގެ ހެއްވާ އެކި ހާދިސާތަކާއި ކަންކަން މަޖާ ގޮތަކަށް ހިއްސާކުރެ އެވެ.

ޖޯނާސް ބްރަދާސްގެ ސްޓޭޓް، ނިއު ޖާޒީގައި ކާރު ދުއްވާ ފަރާތްތަކަށް ހާއްސަ ޓިޕްތަކާއި މަޝްހުރޫ ތަންތަންވެސް ކިޔައިދެ އެވެ.

ޖޯނާސް ބްރަދާސް އިން މިކަމާ ގުޅިގެން ބުނީ ބޮޑުވަމުން އައި އިރު ޓުއާ ބަސް އަކީ އެމީހުންގެ ގެއާ ދުރުގައިވާ ގެ ކަމަށާއި ސަލާމަތުން މަންޒިލަށް ފޯރުމުގެ މުހިއްމުކަން އެނގޭ ކަމަށެވެ. އަދި އެ މީހުންގެ ފޭނުން ކާރު ދުއްވާއިރު ޖޯނާސް ބްރަދާސްއާ ގުޅިގެން އެމީހުންނަށް ޓުއާ ކުރަން އުޅުނުއިރުގެ ކަންތައްތައް ހިއްސާކުރެވޭނެ ކަމަށްވެސް ބުންޏެވެ.