ބޮލީވުޑް

ޕަރިނީތީގެ އެންގޭޖްމަންޓަށް ގޭގައި ކުލަބޮކިލާ ޒީނަތްތެރިކޮށްފި

ޕަރިނީތީ އާއި ރާގަވް އަދި ޕަރިނީތީގެ ގޭގައި ބޮކިފަތިލާފައި
0%
0%
0%

ބަތަލާ ޕަރިނީތީ ޗޯޕްރާ އާއި އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އޭއޭޕީގެ އެމްޕީ ރާގަވް ޗައްދާ ވަރަށް އަވަހަށް ކައިވެނިކުރަން އުޅޭ ކަމުގެ ޚަބަރުތައް ފެތުރެމުން ދަނިކޮށް ޕަރިނީތީގެ ގޭގައި ކުލަބޮކިލާ ޒީނަތްތެރިކޮށްފި އެވެ. އިންޑިއާގައި އާއްމުކޮށް މިގޮތަށް ގޭގެ ބޭރު ޒީނަތްތެރިކުރަނީ ކައިވެނީގެ ހަފުލާ ތަކަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ޕަރިނީތީ އާއި ރާގަވްގެ އެންގޭޖްމަންޓް މާދަމާ ބާއްވަން ވަނީ ހަމަޖެހިފަ އެވެ. މިރަސްމިއްޔާތުގައި ބައިވެރިވާނީ ހަމައެކަނި އާއިލާގެ މީހުންނާއި ގާތް އެކުވެރިން ކަމަށްވެސް ޚަބަރުތައް ބުނެ އެވެ.

ދެ މީހުން ކައިވެނިކުރަން އުޅޭކަން ޕަރިނީތީ ވެސް އަދި ރާގަވް ވެސް ޔަގީންކޮށެއް ނުދެ އެވެ. ނަމަވެސް ޕަރިނީތީގެ ގޭގެ ބޭރު ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައިވާ ތަން ފެންނަ ވީޑީއޯއެއް ސޯޝަލް މީޑިއާއިން ފެނިފައިވެ އެވެ.

މި ވީޑީއޯ އަށް ކޮމެންޓް ކުރި ބައެއް މީހުން ބުނީ މިހާރު ދެން ކައިވެނިކުރަން އުޅޭކަން މުޅިން ޔަގީން ކަމަށެވެ.

ޕަރިނީތީ އާއި ރާގަވް މުމްބައި އެއާޕޯޓުން ނުކުންނަ ތަން ފެނިގެން ފޮޓޯގްރާފަރުން ވެސް ވަނީ ކައިވެނި އޮތީ ކޮން ދުވަހަކުތޯ ސުވާލުކޮށްފަ އެވެ. މި ސުވާލަށް ޖަވާބު ދިނުމުގައި ދެ މީހުން ވަރަށް ރަކިކޮށް ހިނިތުންވެލާފައި ކާރަށް އަރައިގެން ދިޔައީ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345