އަބްދުﷲ ޝާހިދު

ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ސްވިޑަންއަށް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްވިޑަން އަށް ވަޑައިގެންފި އެވެ.

ޝާހިދުގެ މި ދަތުރުފުޅަކީ ޔޫރަޕްގެ އިއްތިހާދުން އިންތިޒާމު ކުރާ އިންޑޯ ޕެސިފިކް މިނިސްޓަރުންގެ ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މާދަމާގެ ނިޔަލަށް ކުރިއަށް ފޯރަމާ ގުޅޭގޮތުން މިނިސްޓަރު ޝާހިދު ވިދާޅުވީ މިފޯރަމާ ގުޅިގެން ދިވެހިރާއްޖެއާއި އިންޑޯ ޕެސިފިކް ސަރަހައްދާއި ޔޫރަޕްގެ އިއްތިހާދާ ދެމެދު އޮންނަ ގުޅުން އިތުރަށް ހަރުދަނާވެގެން ދާނެ ކަމަށެވެ.

މިފޯރަމުގައި އިންޑޯ ޕެސިފިކަށް ނިސްބަތްވާ 60 ވަޒީރުންނާއި ބައެއް ޖަމިއްޔާތައް ވެސް ބައިވެރިވާނެ އެވެ.

މިނިސްޓަރު ޝާހިދު ސްވިޑަން އަށް ވަޑައިގަތީ ސާބިއާއި ހަންގޭރީއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެވެ.