ސްވިޑަންގައި ޤުރުއާން އެންދުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.
ސްވިޑަންގައި ޤުރުއާން އަންދާފައިވަނީ އީދު ދުވަހާ ދިމާކޮށް އެގައުމުގެ ވެރިރަށް ސްޓޯކްހޯމްގެ މިސްކިތެއްގެ ބޭރުގަ އެވެ.
ދިވެހި ސަރުކާރުން އެކަން ކުށްވެރިކޮށް ބުނީ އެއީ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ނޫން ކަމަށެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި އެތައް މިލިއަން މުސްލިމުންނަށް އެކަމުން އަސަރުކުރާ ކަމަށް ވަނީ ބުނެފަ އެވެ.
ޤުރުއާން އެންދުމަކީ ސުލްހައާއި އެއްބައިވަންތަކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.
އިސްލާމްދީނާ ދެކޮޅަށް ހިންގާ މިފަދަ ނަފުރަތު އުފެދޭ އަމަލުތައް ނިމުމަކަށް ގެނައުމަށްވެސް ދިވެހި ސަރުކާރުން ވަނީ ގޮވާލާފަ އެވެ.