މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން އައިޑޮލް ޓުވިޓާ އެކައުންޓް ވެރިފައިކޮށްފި

ރާއްޖޭގައި މިހާރު ކުރިއަށްގެންދާ އެއްމެ ބޮޑު ފްރެންޗައިޒް ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑޮލް" ގެ ޓުވިޓާ އެކައުންޓު ވެރިފައި ކޮށްފި އެވެ.

ރޭގެ ވަގުތެއްގައި އެ ޝޯގެ ޓުވިޓާ އެކައުންޓު ވެރިފައިކުރި އިރު ވަރަށް އަވަހަށް އެޝޯ ގެ ފޭސްބުކް ޕޭޖުވެސް ވެރިފައި ކުރާނެ ކަމަށް ޝޯ އިންތިޒާމް ކުރި ފަރާތުން މައުލޫމާތު ދެއެވެ.

ރާއްޖޭގައި މިހާރު އެއްމެ ބޮޑަށް ވައިގައި ހިފާފައިވާ މި ޝޯއަށް ހޮވުނު ފަރާތްތައް މިހާރު ހާމަވެގެންދާއިރު މި ޝޯގެ ބައިވެރިން މިހާރު ދަނީ ތިއޭޓާ ރައުންޑަށް ތައްޔާރުވަމުންނެވެ. އެރައުންޑު ކުރިއަށް ގެންދާނީ އދ. ދަނގެތީގަ އެވެ. މޯލްޑިވިއަން އައިޑޮލްގެ ހަތަރު ޝޯއެއް މިހާތަނަށް ވަނީ އޮން އެއާ ކޮށްފަ އެވެ.