ފިނިޕޭޖް

ބްލޭކް ޝެލްޓަންއަށް ހޮލީވުޑް ވޯކް އޮފް ފޭމްއިން ތަރިއެއް

ކަންޓްރީ ލަވަކިޔުންތެރިޔާ އަދި ހުރިހާ ސީޒަނެއްގައި "ދަ ވޮއިސް"ގެ ކޯޗްކަން ކޮށްފައިވާ ބްލޭކް ޝެލްޓަން އަށް ހޮލީވުޑް ވޯކް އޮފް ފޭމް އިން ތަރިއެއް ލިބިއްޖެ އެވެ.

ބްލޭކް، 46، އަށް މި ޝަރަފް ލިބިފައިވަނީ މިދިޔަ ހުކުރު ދުވަހު ހެނދުނު އޮތް ހަފްލާއެއްގަ އެވެ.

މި ހަފްލާގައި ބްލޭކްގެ އާއިލާއާއި ގާތް ރަހްމަތްތެރިން ބައިވެރިވިއިރު މީގެތެރެއިން ބްލޭކްގެ އަންހެނުން -- ލަވަކިއުންތެރިޔާ އަދި "ދަ ވޮއިސް"ގެ ކޯޗްކަން ކޮށްފައިވާ ގްވެން ސްޓެފާނީ، 53، އާއި ކާސަން ޑޭލީ 49، އަދި އެޑަމް ލެވީން، 44، ވަނީ ބްލޭކްއާ ބެހޭގޮތުން ވާހަކަދައްކާފަ އެވެ.

ގްވެންގެ ސްޕީޗްގައި ބްލޭކްގެ ފެށުމާއި ހާސިލްކޮށްފައިވާ ކަންކަން ފާހަގަކުރަމުން ބުނީ ބްލޭކް އަކީ މީހުންގެ ސަމާލުކަން ދަމައިގަންނަ ފަދަ ޝްހްސިއްޔަތެއް ކަމަށެވެ. އަދި ބްލޭކް އަކީ ވަރަށް ދީލަތި، ޖޯކު ވެސް ޖަހާ، މީހުން އުފާވެސް ކޮށްދޭ މީހެއް ކަމަށެވެ. އަދި ގްވެން އާއި ދަރީން ބްލޭކްއަށް ލިބުނު ކާމިޔާބީއަށް ވަރަށް ފަހުރުވެރިވާ ކަމަށްވެސް ބުންޏެވެ.

ބްލޭކްގެ ވާހަކައިގައި ގްވެން އަށް ތައުރީފްކޮށް، ގްވެންއާ ކައިވެނި ކުރަން ނިންމުމަކީ ބްލޭކްގެ ހަޔާތުގައި ނިންމި އެންމެ ރަނގަޅު ނިންމުން ކަމުގައި ބުނެފައިވެ އެވެ.

ބްލޭކް ވަނީ 2015 ވަނަ އަހަރު "ގްވެން އާ ލޯބީގެ ގޮތުން ގުޅި، މިދިޔަ އަހަރު ކައިވެނިކޮށްފަ އެވެ. އަދި ތޭވީސް ސީޒަނަށްފަހު ދަ ވޮއިސް" އިން ވަކިވާނެ ކަމަށް މިދިޔަ އޮކްޓޯބަރު މަހު ބްލޭކް ވަނީ އިއުލާންކޮށްފަ އެވެ.