މިނިސްޓްރީ އޮފް ހެލްތު

ކުވައިތު ފަންޑުގެ އެހީގައި ހަދާ ހަތް ހޮސްޕިޓަލް އިމާރާތްކުރަން ހަވާލުކޮށްފި

ކުވައިތު ފަންޑުގެ އެހީގައި ހެދުމަށް ހަމަޖެހިފައިވާ ހަތް ހޮސްޕިޓަލްގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި އެވެ.

ކުވެއިތު ފަންޑުގެ އެހީގައި 30 އެނދުގެ ހޮސްޕިޓަލްތައް އަޅަން ހަމަޖެހިފައިވަނީ ހދ. ހަނިމާދު، ކ. ތުލުސްދޫ، ށ. މިލަންދޫ، ނ. ވެލިދޫ، އދ. މާމިގިލި، ވ. ފެލިދޫ އަދި ތ. ވިލުފުށީގަ އެވެ.

ހެލްތު މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތެއްގައި ހޮސްޕިޓަލްތައް އެޅުމަށް ހަވާލުކުރީ ދެ ކުންފުންޏަކަށެވެ. އެއީ ރާއްޖޭގެ ޑެޕްލެކްސް ޕްރައިވެޓް ލިމިޑެޓާއި އިންޑިއާގެ އާނަންދު ބިލްޑްޓެކް ޕްރައިވެޓް ލިމިޓެޑެވެ. މަސައްކަތް ނިންމަން ދިނީ ދޮޅު އަހަރު ދުވަހެވެ.

ޑެޕްލެކްސްއާ ހަވާލުކުރީ ހަނިމާދޫ، މާމިގިލި، ފެލިދޫ އަދި ތ. ވިލުފުށި ހޮސްޕިޓަލްގެ މަސައްކަތެވެ. އާނަންދު ބިލްޑްޓެކްއާ ހަވާލުކުރީ މިލަންދޫ، ވެލިދޫ އަދި ތުލުސްދޫ ހޮސްޕިޓަލްގެ މަސައްކަތެވެ.

ރާއްޖޭގެ ހަތް ސަރަހައްދެއްގައި މި ހޮސްޕިޓަލްތައް އިމާރާތް ކުރުމަށް ކުވެއިތު ފަންޑުން 686 މިލިއަން ރުފިޔާ ހަމަޖައްސައިދީފައިވެ އެވެ.

މި ހޮސްޕިޓަލްތަކުގެ މަސައްކަތް ނިމޭއިރު ކޮންމެ ހޮސްޕިޓަލެއްގައި 150 ކިލޯވޯޓުގެ އަވިން ހަކަތަ އުފައްދާ ނިޒާމެއް ހުންނާނީ ގާއިމުކޮށްފަ އެވެ.

މީގެއިތުރުން މި ހޮސްޕިޓަލްތައް ހެދުމަށް ހަމަޖެހިފައިވަނީ އައިސޮލޭޝަން ފެސިލިޓީއާއި ފުލޫ ކްލިނިކާއި އޮކްސިޖަން ޕްލާންޓް ހިމަނައިގެން އަދި ހޮސްޕިޓަލުގެ ހުރިހާ އެނދެއްގައި ޕައިޕްޑް އޮކްސިޖަން އާއި މެޑިކަލް އެއާ އަދި ސަކްޝަން ހުންނަ ގޮތަށެވެ.

ހަތް ރަށުގެ ހޮސްޕިޓަލް މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އެންމެ ފުރަތަމަ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. ނަމަވެސް ހުށަހެޅި އަގުތައް ބޮޑުވުމުން މިމަޝްރޫއުތައް ދެވަނަ ފަހަރަށް ބީމަށްލީ މިދިޔަ ޑިސެމްބަރު ގައެވެ.