ޖުމްހޫރީ ޕާޓީ

ޔޫއްޕެ އަނެއްކާވެސް ޖޭޕީއަށް ސޮއިކޮށްފި

May 16, 2023
2

ފިލްމީ ތަރި ޔޫސުފު ޝަފީއު (ޔޫއްޕެ) އަނެއްކާވެސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ސޮއިކޮށްފި އެވެ.

ޔޫއްޕެ ޖުމްހޫރީ ޕާޓީއަށް ސޮއިކުރި ފޯމާ ހަވާލުވީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއާ އެވެ.

ޔޫއްޕެ ވަނީ މީގެ ކުރިންވެސް ޖުމްހޫރީ ޕާޓީގެ ހަރަކާތްތަކުގައި މަސައްކަތްކޮށްފަ އެވެ.

އެނގިފައިވާ ގޮތުން ޔޫއްޕެ އެންމެ ފަހުން އުޅުނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގަ އެވެ.

ޖުމްހޫރީ ޕާޓީން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމާފަ އެވެ. ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަ ކުރައްވާ އެ ޕާޓީގެ ލީޑަރު ގާސިމު އިބްރާހީމުގެ ކެމްޕޭން މެނޭޖަރުންގެ މަގާމަށް މިހާރު ވަނީ ބޭފުޅުންވެސް ހަމަޖައްސަވާފަ އެވެ.