ބޮލީވުޑް

"ސަނަމް ތޭރީ ކަސަމް" ގައި ސަލްމާންގެ "ތޭރޭ ނާމް"ގެ ލަވައެއް!

Feb 6, 2016

މިއަދު ރިލީޒްކުރި ފިލްމު "ސަނަަމް ތޭރީ ކަސަމް"ގެ ލީޑްތަރިންނަކީ ބޮލީވުޑަށް އާ ދެތަރިން ނަމަވެސް މިފިލްމުގެ ޓްރެއިިލާ އާއި ލަވަތައް ރިލީޒްކުރި ހިސާބުން ފެށިގެން މިފިލްމު ރީތިވާނެ ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ބުނެފަ އެވެ.

މިފިލްމުގެ ލަވަތައް ވަނީ ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާއިރު ވަކިން ހާއްސަކޮށް "ހާލެ ދިލް" މިލަވަ މިހާރުވެސް ވަނީ ބެލުންތެރިންގެ މެދުގައި ހިޓަކަށް ވެގެން ގޮސްފަ އެވެ.

މިލަވަ އަށް މިހާރު ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާއިރު، ނީތީ މޯހަން ކިޔައިދީފައިވާ މިލަވަ އަކީ 2003 ވަނަ އަހަރު ނިކުތް ސަލްމާން ޚާންގެ "ތޭރޭ ނާމް"ގައި ހިމެނުމަށް އުފައްދި ލަވަ އެކެވެ. މިފިލްމުގައި މިލަވަ ބޭނުންކުރުމުން ސަލްމާން ހިތްހަމަނުޖެހުން ފާޅުކުރަމުން ކުރި ޓްވީޓެއްގައި ވަނީ އޭނާގެ ފިލްމު "ލަކީ"ގެ ޑައިރެކްޓަރުން ވަނީ "ސަނަމް ތޭރީ ކަސަމް" އަށް ހިމޭޝް އަތުން "ތޭރޭ ނާމް" އަށް ތައްޔާރުކުރި ލަވައެއް ވަގަށް ނަގާފައި ކަމަށެވެ. ނަމަވެސް ސަލްމާން ވަނީ މިލަވަ އަކީ ރީތި ލަވައެއް ކަމަށް ބުނެފަ އެވެ.

ނަމަވެސް މިލަވަ ފިލްމުގައި ބޭނުންކޮށްފައިނުވާތީ އެފިލްމުގެ މިއުޒިކް ތައްޔާރުކޮށްދިން ހިމޭޝް ރޭޝަމިއްޔާ ވަނީ "ސަނަމް ތޭރީ ކަސަމް"ގައި މިލަވަ ހިމަނާފަ އެވެ އިއްތިފާގެއްގެ ގޮތުން މިފިލްމުގެ ވެސް މިއުޒިކް ތައްޔާރުކޮށްދީފައިވަނީ ހިމޭޝް އެވެ.

ޕާކިސްތާނުގެ ޓީވީ ބަތަލާ މާވްރާ ހޮކޭން އާއި ހަރްޝްވަރްދަން ރާނޭ ލީޑްރޯލުން ފެނިގެންދާ މިފިލްމު ޑައިރެކްޓްކޮށްފައިވަނީ ސަލްމާންގެ "ލަކީ: ނޯ ޓައިމް ފޯ ލަވް"ގެ ދެ ޑައިރެކްޓަރުން ކަމަށްވާ ރާދިކާ ރާއޯ އާއި ވިނޭ ސަޕްރޫ އެވެ.

މިލަވަ އަކީ ވަގަށް ނަގާފައިވާ ލަވައެއް ކަމަށް ބުނެ ސަލްމާން މިފިލްމުގެ ޑައިރެކްޓްރުންގެ ބޮލުގައި އިލްޒާމު އެޅޭ ގޮތަށް ވާހަކަދެއްކި ނަމަވެސް "ތޭރޭ ނާމް" ގައި މިލަވަ ހިމަނާފައެއް ނުވެ އެވެ.

މިފިލްމުގައި ހިމެނޭ ފުރަތަމަ ލަވަ "ހާލެ ދިލް" އަކީ ވަގަށް ނަގާފައިވާ ލަވައެއް ކަމަށް ބުނެ ދެކެވެމުން އަންނަ ވާހަކަތަކާއި ގުޅިގެން ފިލްމުގެ އެއް ޑައިރެކްޓަރު ކަމަށްވާ ސަޕްރޫ ވަނީ އެމީހުންގެ ހުރިހާ ފިލްމުތަކެއްގެ މަސައްކަތް ސަލްމާނާއި ހިއްސާކުރާ ކަމަށާއި ނަމަވެސް، މިފިލްމުގެ އެއްވެސް ކަމެއް ސަލްމާނާއި ހިއްސާނުކުރާ ކަމަށެވެ. ނަމަވެސް މިފިލްމުގެ ބައެއް މަންޒަރުތައް ސަލްމާނަށް ދެއްކުމުގެ ތެރޭގައި މިލަވަ އަޑުއިވުމުން އެންމެ ފުރަތަމަ އެކަމާއި ހިތްހަމަ ނުޖެހުނު ނަމަވެސް މިލަވައަކީ މިފިލްމުގެ ވާހަކައިން ވަރަށް ބޮޑު ބައެއް ކިޔައިދޭ ލަވައަކަށް ވުމުން އޭނާގެ ލޮލުން ކަރުނަ ހިލުނުކަމަށް ސަޕްރޫ ވަނީ ބުނެފަ އެވެ.

"އަހަރުމެންގެ ކެރިއަރު ފެށި ހިސާބުން ފެށިގެން ސަލްމާން އަކީ އަހަރުމެންގެ އެންމެ ބޮޑު ނަސީބު. އެހެންކަމުން ކޮންމެ ގޮތެއް ހަދާފައިވެސް އަހަރުމެން ބޭނުންވީ ސަލްމާން ނަސީބު މިފިލްމުގައި ހިމަނަން" މިލަވަ ފިލްމުގައި ހިމެނި ގޮތާއި ބެހޭގޮތުން ސަޕްރޫ ބުނެފައިވެ އެވެ.

މީގެއތިރުން ވެސް ސަޕްރޫ ވަނީ މިލަވަ ފިލްމުގައި ހިމަނަން ނިންމީ ފިލްމުގައި ހިމެނޭ ލަވަތައް ނިންމުމުގެ ތެރޭގައި މިލަވައިގެ ރާގު ހިމޭޝްގެ ފަރާތުން އަޑުއިވިގެން އެމީހުން ކަމަށެވެ. އަދި ހިމޭޝް ވަނީ މިލަވަ އަކީ "ތޭރޭ ނާމް" ގައި ހިމެނުމަށް ސަލްމާން ނިންމާފައި އޮތް ލަވައެއް ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

"ސަނަމް ތޭރީ ކަސަމް" އަކީ ލޯބީގެ އަސަރުގަދަ ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ. މިފިލްމުގައި މާވްރާ ދެކެ އެއްވެސް މީހަކު ލޯބިވާން ބޭނުންނުވާއިރު، ހަރްޝްވަރްދަން އަކީ އެއްވެސް މީހަކު ދެކެ ލޯބިވާން ބޭނުންނުވާ މީހެކެވެ. ނަމަވެސް އެންމެފަހުން މިދެމީހުންނަށް އެކަކު އަނެކަކު ދެކެ ލޯބިވެވި ހިނގާ ތަފާތު ކަންތައްތަކެއް ފެނިގެންދެ އެވެ.