ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ވާއު ކިޑްސް ރަން ބާއްވައިފި

May 19, 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވަމުން އަންނަ "ބީއެމްއެލް ވައު ކިޑްޒް ރަން"ގެ މިއަހަރުގެ ދުވުން ނިންމާލައިފި އެވެ.

ތިން އުމުރުފުރާއެއްގެ ޖުމްލަ 800 އަށް ވުރެ ގިނަ ކުދިން ރަޖިސްޓްރީ ކުރި މި ދުވުން ބޭއްވީ މިއަދު ހެނދުނު ހުޅުމާލޭ ގައެވެ.

މިދުވުމުގެ އުމުރުފުރާތަކަކީ:

  • 3 އަހަރާއި 5 އަހަރާ ދެމެދު (1 ކިލޯ މީޓަރު)
  • 6 އަހަރާއި 8 އަހަރާ ދެމެދު (2 ކިލޯ މީޓަރު)
  • 9 އަހަރާއި 11 އަހަރާ ދެމެދު (3 ކިލޯ މީޓަރު)

މިއީ ދުޅަހެޔޮ ސިއްހަތެއްގައި ހުރުމުގެ މުހިންމުކަން ކުޑަކުދިންނަށް އުނގަންނައިދިނުމުގެ ބޭނުމުގައި ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން ބާއްވާ ހާއްސަ ހަރަކާތެކެވެ.

ދުވުމުގައި ބައިވެރިވެ ކޮންމެ ކުއްޖަކުވެސް ދުވުން ނިންމި ވަގުތު ވަނީ މެޑަލް ދީފަ އެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން އަކީ ގިނަ އަދަދެއްގެ ކުޑަކުދިންގެ ތަރުހީބު ލިބޭ ދުވުމެކެވެ. މިއީ ބީއެމްއެލް އާއި ޓީއެފްޖީ ގުޅިގެން މި ދުވުން ބޭއްވި ހަވަނަ އަހަރެވެ.