މޯލްޑިވްސް ޕޮލިސް ސާވިސް

އެމްޓީސީސީގެ ބަހެއްގައި ބަނގުރާ ގެންގުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި

އެމްޓީސީސީގެ ބަހެއްގައި ރާ ފުޅިތަކެއް ގެންގުޅުނު ބިދޭސީންތަކެއް ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ މި މީހުން ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހު މެންދުރުފަހު 3:15 ހާއިރު ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ އިންޑިއާގެ ތިން މީހުން ކަމަށްވާ ޗޯޓޭލާލް، 38 އާއި، ތަންގާރުޖު، 35ގެ އިތުރުން ސިވަނަންދަން ޗިންނާ ތަންބީ، 30 އެވެ.

މޯލްޑިވް ގޭހުގައި މަސައްކަތް ކުރާ މި ތިން މީހުންގެ އަތުން 23 ފުޅި ރާ ފެނިފައިވެ އެވެ.

މި މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން މި މީހުންގެ ތެރެއިން ދެ މީހުން ބަންދަށް އިއްޔެ އިން ފެށިގެން ވަނީ 15 ދުވަސް އަދި އަނެއް މީހާގެ ބަންދަށް ފަސް ދުވަސް ޖަހާފަ އެވެ.

މަސްތުވާތަކެއްޗާއި ބަނގުރާ ގެންގުޅުން މާލެ ސަރަހައްދުގައި އާންމުވަމުންދާއިރު މިކަމުގެ ތެރޭގައި ބިދޭސީންގެ ބައިވެރިވުން ބޮޑެވެ.