ރައްޔިތުންގެ މަޖިލިސް

13 މެންބަރުން ވަކިވުމުން އެމްޑީޕީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ

އެމްޑީޕީން ވަކިވި މެންބަރުން ބޭއްވި ނޫސްވެރިންނަށް މައުލޫމާތު ދެނީ -- ފޮޓޯ: އަހުމަދު އަޒާން | އަވަސް
100%
0%
0%

ރައްޔިތުންގެ މަޖިލީހުގެ ޕާޓީތަކުގެ ދަފްތަރުން އެމްޑީޕީގެ 13 މެންބަރުން އުނިކުރުމުން އެ ޕާޓީއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ ގެއްލިއްޖެ އެވެ.

ވެެރިކަން ކުރާ އެމްޑީޕީގައި ކުރިން ތިބި 67 މެންބަރުންގެ ތެރެއިން 13 މެންބަރަކު އެ ޕާޓީން ވަކިވެފައިވާތީ މިހާރު ގާނޫނުއަސާސީ އިސްލާހުކުރެވޭނީ މަޖިލީހުގައި ތިއްބެވި އިދިކޮޅު މެންބަރުންގެ ތާއީދު ލިބިގެންނެވެ.

ޖޭއެސްސީ އަލުން އެކުލަވާލުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދެކެވެ. އެކަމަކު ޖޭއެސްސީ އަލުން އެކުލަވާލެވޭނީ ގާނޫނުއަސާސީއާއި ޖޭއެސްސީގެ ގާނޫނު އިސްލާހުކޮށްގެންނެވެ.

މިވަގުތު ސިޔާސީ މަސްރަހު އޮތް ގޮތުން އެއީ ކުރަން ފަސޭހަ ކަމަކަށް ވެދާނެ ކަމަކަށް ނުބެލެވެ އެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މުހައްމަދު ނަޝީދު ކުރިއަށް ގެންދަވާ ސިޔާސީ ހަރަކާތް -- "ފިކުރެއްގެ ދިރުން"ގައި މަސައްކަތް ކުރައްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެމްޑީޕީގެ ދަފްތަރުން އުނިކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ އެ ޕާޓީންނެވެ. މީގެ އިތުރުން ރައީސް ނަޝީދަށް ތާއީދުކުރައްވާ އެމްޑީޕީގެ 12 މެންބަރަކު އެ ޕާޓީން ވަކިވީ މިދިޔަ ބުދަ ދުވަހު އެވެ.

އެމްޑީޕީން ވަކިވި 12 މެންބަރުން އެކަން ރައްޔިތުންގެ މަޖިލީހަށް އަންގާފައިވާ ކަމަށް ރައްޔިރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ އިއުލާނުކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345