ފިނިޕޭޖް

ފޫ ފައިޓާސްގެ އާ ޑްރަމަރަކަށް ޖޯޝް ފްރީސް

ގްރެމީ އެވޯޑް ލިބިފައިވާ އޯލްޓަނޭޓް ރޮކް ބޭންޑް ފޫ ފައިޓާސްގެ އާ ޑްރަމަރަކަށް ޖޯޝް ފްރީސް ހޮވައިފި އެވެ.

ޖޯޝް މި ބޭންޑާ ގުޅުނުކަން އިއުލާންކުރީ އާދިއްތަ ދުވަހު "ފޫ ފައިޓާސް: ޕްރިޕެއަރިން މިއުޒިކް ފޮ ކޮންސާޓްސް" ލައިވްސްޓްރީމްގަ އެވެ.

މި ބޭންޑުގެ ކުރީގެ ޑްރަމާ ޓޭލާ ހޯކިންސް ވަނީ މިދިޔަ އަހަރު ދެކުނު އެމެރިކާ ފޫ ފައިޓާސް ޓުއާގައި އުޅެނިކޮށް ކުއްލި ގޮތަކަށް މަރުވެފަ އެވެ. ޓޭލާ މަރުވިއިރު އުމުރަކީ 50 އަހަރެވެ.

ފޫ ފައިޓާސްއިން މިއަދު ނިއު ހެމްޕްޝަޔާއިން ޓުއާ ފައްޓާނެ ކަމަށް ކުރިން އިއުލާން ކޮށްފައިވާއިރު، ޖޯޝް މި ޓުއާގައި ޑްރަމަރެއްގެ ގޮތުގައި ކުޅޭނެ އެވެ. އެހެންނަމަވެސް ޖޯޝް މި ބޭންޑާ ދާއިމީ މެންބަރެއްގެ ގޮތުން ގުޅުނީކަމެއް ނޫނީ ހަމައެކަނި ޓުއާއަށް ގުޅުނީ ކަމެއް ސާފުވެފައެއް ނެތެވެ. ޖޯޝް ދާއިމީ ޑްރަމަރަކަށް ވެއްޖެނަމަ، އޭނާ ވާނީ މި ބޭންޑުގެ ތިންވަނަ ދާއިމީ މެންބަރަށެވެ.

މި ބޭންޑުގެ 11 ވަނަ އަލްބަމް "ބަޓް ހިއަ ވީ އާ" ނެރުމަށް ހަމަޖެހިފައިވަނީ ކުރިއަށް އޮތް ޖޫން ދެވަނަ ދުވަހު އެވެ.