މިނިސްޓްރީ އޮފް އެޑިއުކޭޝަން

ގުރުއާންގެ ލަފުޒުތަކުގެ މާނަ އެކުލެވޭ ފޮތެއް ސްކޫލުތަކަށް ހަދިޔާކުރަނީ

ކީރިތި ގުރުއާންގެ ލަފުޒުތަކުގެ މާނަ އެކުލެވޭ ފޮތެއް ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް ބެހުމަށް ނިންމައިފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް ބެހުމަށް ތައްޔާރުވަމުންދާ ފޮތަކީ ގައުމީ ޔުނިވަސިޓީގެ ޗާންސެލަރު ޑރ ހަސަން ހަމީދާއި ހ. ކުއްޅަވައްގޭ ޖާދުﷲ ޖަމީލު ތައްޔާރުކުރެއްވި ފޮތެކެވެ.

މި ފޮތް މިދިޔަ މަހު ނެރެފައިވަނީ "ކީރިތި ގުރުއާންގެ 80 ޕަސެންޓް ލަފުޒުގެ މާނަ" މި ނަމުގަ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ބުނީ މި ފޮތުގެ 216 ކޮޕީ ސްކޫލުތަކަށް ހަދިޔާކުރަން ނިންމާފައިވާ ކަމަށެވެ.

މި ފޮތުގައި ގެނެސްފައިވާ ލަފުޒުތަކުގެ މާނައަކީ ޤުރުއާންގައި އެންމެ ގިނައިންބ ތަކުރާރުވާ ލަފްޒުތަކުގެ މާނަ އެވެ.